ޚަބަރު ޝަރުޢީ ދާއިރާ

ޝިއާގެ މަރު: މި މަސް ނިމުމުގެ ކުރިން ޕީޖީން ގޮތެއް ނިންމަވަނީ

އަޙްމަދު ޝިޔާރު ، ދެން އޮންލައިން

ހ.ޝީރީންވިލާގެ ނުވަވަނަ ފަންގިފިލާގައި އަނިޔާވެރި ގޮތަކަށް މަރައިލި މަރްޔަމް ޝިއާއު މުޙައްމަދު ސަޢީދުގެ މަރުގެ މައްސަލައިގައި ދަޢުވާކުރުމާމެދު މި މަސް ނިމުމުގެ ކުރިން ގޮތެއް ނިންމަވާނެކަމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ވިދާޅުވެއްޖެއެވެ.

Ads by STELCO

ޏ.ފުވައްމުލަކު, ކުރި, ޢުމުރުން 22 އަހަރުގެ މަރައިލީ މިދިޔަ އޮގަސްޓު 06 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައެވެ.

ޝިއާއުގެ ހަށިގަނޑު ފެނުނީ މައްސަލައިގެ ތުހުމަތުގައި ހައްޔަރުކޮށް ޝަރީޢަތް ނިމެންދެން ބަންދުކޮށްފައިވާ ޢުމުރުން 23 އަހަރުގެ ޢަލީ ޝާހިލް ދިރިއުޅެމުންދިޔަ އެޕާޓްމަންޓުންނެވެ.

ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުގެ މީޑިއާ އޮފިޝަލް އަޙްމަދު ޝަފީޢު މިއަދު ''ދެން'' އަށް ވިދާޅުވީ ޝިއާއު މަރުގެ މައްސަލައިގައި ދަޢުވާކުރުމާމެދު މި މަސް ނިމުމުގެ ކުރިން ގޮތެއް ނިންމަވާނެކަމަށެވެ.

މި މަސްތެރޭގައި ދަޢުވާކުރުމާމެދު އަޅުގަނޑުމެން ގޮތެއް ނިންމާނަން.

ފުލުހުން މީގެކުރިން ވިދާޅުވި ގޮތުން ޝިއާއު މަރުވި ފަހުން ވެސް އޭނަގެ ހަށިގަނޑަށް ބޮޑެތި އަނިޔާތައް ދީފައިވެއެވެ. ފުލުހުން ވިދާޅުވި ގޮތުގައި ޝާހިލްގެ މައްޗަށް ކުށް ސާބިތުވާ ވަރަށް ހެކި ވަނީ ލިބިފައެވެ.

އަދި މަރައިލި ގޮތުގެ ތަފްސީލު ވެސް އެބަހުރި ކަމަށާއި, ގަސްދުގައި މީހަކު މެރުމުގެ ކުށުގެ ދަޢުވާ އޭނާގެ މައްޗަށް ކުރެެވޭނެ ކަމަށް ވެސް ފުލުހުން ވަނީ ވިދާޅުވެފައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!