Saturday, 31 October 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

މަކަރާއި ހީލަތުގެ މައްސަލައެއްގައި މީހަކު ހޯދަނީ

މަކަރާއި ހީލަތުގެ މައްސަލައެއްގައި މީހަކު ހޯދަނީ

މަކަރާއި ހީލަތުގެ މައްސަލައެއްގައި މީހަކު ހޯދަން ފުލުހުން އިއުލާންކޮށްފިއެވެ.

ފުލުހުން ވިދާޅުވީ ފ. ނިލަންދޫ ޕޮލިސް ސްޓޭޝަނަށް ހުށަހެޅި ތަހުގީގު ކުރަމުންދާ މަކަރާއި ހީލަތުގެ މައްސަލައެއްގެ ތަހުގީގަށް މީހަކު ހާޒިރުކުރުމަށް ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓް ރައްދުކުރެވިފައިނުވާތީއާއި އާއިލާއަށްވެސް އުޅޭ ވަކިތަނެއް އެނގިފައިނުވާތީ، ޖިނާއީ މައްސަލަތައް ތަޙުޤީޤުކުރުމުގައި ފުލުހުން ޢަމަލުކުރާނެ އިޖުރާއަތުގެ ޤަވާއިދުގެ 27 ވަނަ މާއްދާގައި ވާގޮތުގެ މަތިން ތަހުގީގަށް ހާޒިރުވުމަށް އަންގައި އިއުލާނުކުރާ ކަމަށެވެ.

މި މައްސަލައިގައި ހޯދަމުން ދަނީ ހދ. މަކުނުދޫ، ލުބޯގަސްދޮށުގެ، ފައުޒާން އިބްރާހީމް (21އ)އެވެ.

Advertisement
Ooredoo — Truecaller (box)

އޭނާ ހާޒިރުކުރަނީ މަކަރާއި ހީލަތުގެ މައްސަލައެއްގެ ތަހުގީގުގައި ސުވާލުކުރުމަށް ކަމަށް ފުލުުހުން ވިދާޅުވިއެވެ.

ފުލުހުން ވިދާޅުވީ ޑިސެމްބަރު 22 ވަނަ ދުވަހުގެ 10:00 އަށް ޝަހީދު ޙުސައިން އާދަމް ބިލްޑިންގަށް ހާޒިރުވާން ޖެހޭނެ ކަމަށެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް