ޚަބަރު ސިޔާސީ

ތިލަމާލެ ބްރިޖް ބެލުމުގެ ފުރުސަތު އޮތީ ޖިންނި ޝައިތާނުންނަށް އެކަނި: ޝުޖާޢު

ފަތޯނާ ފާއިޒު ، ދެން އޮންލައިން
ޕީއެންސީގެ ނައިބު ރައީސް އިބްރާހީމް ޝުޖާޢު--

ތިލަމާލެ ބްރިޖް މަޝްރޫޢު ކުރިއަށްދާ ގޮތް ބެލުމުގެ ފުރުޞަތު އޮތީ ހަމައެކަނި ޖިންނީންނާ ޝައިތާނުންނަށް އެކަނި ކަމަށް ޕީއެންސީގެ ނައިބު ރައީސް އިބްރާހީމް ޝުޖާޢު ވިދާޅުވެއްޖެއެވެ.

Ads by STELCO

އޭނާ މިހެން ވިދާޅުވެފައިވަނީ، ސަރުކާރުން ކުރިއަށް ގެންދާ އެންމެ ބޮޑު މަޝްރޫޢު ކަމުގައިވާ ތިލަމާލެ ބްރިޖްގެ މަސައްކަތް ކުރިއަށްދާ ގޮތް، ނޫސްވެރިންނާ ނުދައްކާ ކަަމަށް ވިދާޅުވެ، ކުރެއްވި ޓްވީޓެއްގައެވެ.

"ޗައިނާ-މޯލްޑިވްސް ފްރެންޑްޝިޕް ބުރިޖު އަޅަމުން ދިޔައިރު ދިވެހިރާއްޖޭގެ ނޫސްވެރިންނާއި ފޮޓޯގްރާފަރުންނަށް މިލެވެލްގައި މަސައްކަތް ހިނގާ ނުހިނގާ ގޮތް ބެލުމުގެ ފުރުސަތު ލިބިގެން ދިޔަ." ރައީސް ޔާމީންގެ ވެރިކަމުގައި ކުރިއަށް ގެންދިޔަ ބްރިޖް މަޝްރޫޢު ކުރިއަށް ދިޔައިރު، އެތަނަށް ގޮސް ނޫސްވެރިޔަކު ނަގައިފައިވާ ފޮޓޯތަކެއް ހިއްސާ ކުރައްވައި ކުރެއްވި ޓްވީޓުގައި ޝުޖާޢު ވިދާޅުވިއެވެ.

https://twitter.com/IbrahimShujaau/status/1602902692493656064

ތިލަމާލެ ބްރިޖް މަޝްރޫޢުއަށް އިދިކޮޅުގެ ފާޑުކިޔުންތައް އިތުރުވެފައި މިވަނީ، މި މަސައްކަތުގައި ބޭނުންކުރަމުން އައި ކްރޭނެއް ކަނޑަށް ވެއްޓޭ މަންޒަރު ފެންނަ ވީޑިއޯއެއް މީސްމީޑިއާގައި ދައުރުވުމާ ގުޅިގެންނެވެ.

އިދިކޮޅު ފަރާތްތަކުން ބުނާގޮތުގައި، ބްރިޖް މަޝްރޫޢު ކުރިއަށް ގެންދާ އިންޑިއާގެ އެފްކޮންސް ކުންފުންޏަކީ އެ މަސައްކަތް ކުރަން ޤާބިލު ކުންފުންޏެއް ނޫނެވެެ.

 

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!