Saturday, 31 October 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

އެކެއްގެ ނަމުގައި އެންމެ ގިނަވެގެން ދޫކުރާނެ ސިމުގެ ޢަދަދު ކަނޑައަޅަނީ

އެކެއްގެ ނަމުގައި އެންމެ ގިނަވެގެން ދޫކުރާނެ ސިމުގެ ޢަދަދު ކަނޑައަޅަނީ

އެކެއްގެ ނަމުގައި ބޭނުންކުރެވޭނީ ކިހާ ސިމެއްކަން ކުރިއަށް އޮތް ހައެއްކަ މަސްދުވަހުގެ ތެރޭގައި ކަނޑައަޅާނެކަމަށް ކޮމިއުނިކޭޝަން އޮތޯރިޓީ އޮފް މޯލްޑިވްސްއިން، ކެމް އިން ވިދާޅުވެއްޖެއެވެ.

ސްކޭމްތައް ހުއްޓުވުމަށް ކެމްއިން ކުރަމުން އަންނަ މަސައްކަތްތަކާއި ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން، އެތަނުގެ ޗީފް އެގްޒެކިއުޓިވް އިލްޔާސް އަޙްމަދު ވިދާޅުވީ، ސިމް ބޭނުންކުރާ މީހުންގެ މަޢޫލޫމާތު އެންމެ ރަނގަޅު ގޮތުގައި ރާއްޖޭގައި ބަލަހައްޓަމުން ގޮސްފައިނުވާކަމަށެވެ.

އަދި ސިމް ކާޑު އެކެއްގެ އަތުގައި އޮންނަންޖެހޭނީ ކިހާ އަދަދަކަށްތޯ ވަރަށް ގިނަ ބަޔަކު ސުވާލު ކުރާ ކަމަށާއި އެހާގިނަ ޢަދަދަކަށް އެކެއްގެ އަތުގައި އޮވެގެން ނުވާނެ ކަމަށް އިލްޔާސް ވިދާޅުވިއެވެ.

Advertisement
Allied Insurance — Square (box)

“އެކަމަށްވެސް ހައްލެއް ގެނައުމަށް ކަމާބެހޭ ފަރާތްތަކާ މަޝްވަރާކުރަމުން މިދަނީ ސިމް ކާޑަށް ލިމިޓެއް ނުވަތަ ކޮންޓްރޯލެއް ގެނައުމަށްޓަކައި” އިލްޔާސް ވިދާޅުވިއެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް