ޚަބަރު

ބުރިޖު މަތީގައި ހިނގި އެކްސިޑެންޓެއްގައި މީހަކު ނިޔާވެއްޖެ

ރައުފާ ރަޝީދު ، ދެން އޮންލައިން

މިއަދު ސިނަމާލެ ބުރިޖު މަތީގައި ހިނގި އެކްސިޑެންޓެއްގައި މީހަކު ނިޔާވެއްޖެއެވެ.

Ads by Hajj Corporation

ފުލުހުން ވިދާޅުވީ ބްރިޖް ޓެރެފިކް ލައިޓު ކައިރީގައި ކާރަކާއި ސައިކަލެއް ޖެހި އެކްސިޑެންޓެއް ވެގެން އުޅޭ ކަމަށް 14:30ހާއިރު ރިޕޯޓްކޮށްފައިވާ ކަމަށެވެ.

އެކްސިޑެންޓުގައި އަނިޔާވި މީހާ ޓްރީޓޮޕް ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށާއި އެމީހާ ނިޔާވެފައިވާ ކަމަށް ހޮސްޕިޓަލުން  މަޢުލޫމާތު ދީފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.

ނިޔާވެފައިވަނީ 54 އަހަރުގެ ދިވެހި ފިރިހެނެކެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!