Saturday, 31 October 2026
Advertisement
HDC — Share-Below (leaderboard)
ސަރުކާރު

ފާއިތުވި 40 އަހަރުގެ ތެރޭގައި ފުވައްމުލަކުގައި ހިނގާފައި ނުވާހާ ގިނަ މަޝްރޫޢު މިހާރު ހިންގަމުން އެބަދޭ: ނައިބު ރައީސް

ފާއިތުވި 40 އަހަރުގެ ތެރޭގައި ފުވައްމުލަކުގައި ހިނގާފައި ނުވާހާ ގިނަ މަޝްރޫޢު މިހާރު ހިންގަމުން އެބަދޭ: ނައިބު ރައީސް

ފާއިތުވި 40 އަހަރުގެ ތެރޭގައި ފުވައްމުލަކުގައި ހިނގާފައި ނުވާހާ ގިނަ މަޝްރޫޢު މިހާރު ހިންގެމުންދާ ކަމަށް ނައިބު ރައީސް ވިދާޅުވެއްޖެއެވެ.

ފުވައްމުލަކު ހޮސްޕިޓަލުގެ އެކްސްޓެންޝަން އިމާރާތް ހުޅުއްވައިދެއްވައި، އަލަށް ފަށާ ޚިދުމަތްތައް އިފްތިތާޙްކޮށްދެއްވައި ބޭއްވެވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ނައިބު ރައީސް ވިދާޅުވީ ރާއްޖޭގެ ސިއްޙީ ޚިދުމަތް ތަރައްޤީކުރެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވަރަށް ބޮޑު އަހައްމިއްޔަތުކަމެއް ދެއްވާ ކަމެއް ކަމަށެވެ.

އެގޮތުން ފުވައްމުލަކު ހޮސްޕިޓަލުގައި ހުޅުވުނު އައު އިމާރާތަކީ ވަރަށް ކުރު މުއްދަތެއްގެ ތެރޭގައި ނިންމުނު އިމާރާތެއް ކަމަށް  ނައިބު ރައީސް ވިދާޅުވިއެވެ.

Advertisement
Ooredoo — Square (box)

ފުވައްމުލަކު ހޮސްޕިޓަލުގައި ރޭ އިފްތިތާޙް ކުރެވުނު އައު ޚިދުމަތްތަކުގެ ތެރޭގައި ސްޕީޗް ތެރަޕީގެ ޚިދުމަތް ހިމެނެއެވެ. މިކަމާ ގުޅިގެން ނައިބު ރައީސް ވިދާޅުވީ، ފުވައްމުލަކުގައި ސްޕީޗް ތެރަޕީގެ ޚިދުމަތް ލިބެންފެށުމަކީ ފުވައްމުލަކުގެ ރައްޔިތުން ކުރި ދިގު އިންތިޒާރެއްގެ ނިމުން ކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ، ފުވައްމުލަކު ހޮސްޕިޓަލްގެ ތަރައްޤީއަށް މި ސަރުކާރުން މުހިއްމު ގިނަ ކަންތައްތަކެއް ކޮށްފައިވާ ކަމަށެވެ. މިގޮތުން 2019 ވަނަ އަހަރު ފުވައްމުލަކު ހޮސްޕިޓަލްގައި، ދަތުގެ ފަރުވާ އާއި ޑަޔަލަސިސްގެ ޚިދުމަތް ފެށިގެން ދިޔަކަން އެމަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

މި ރަސްމިއްޔާތުގައި ފުވައްމުލަކުގައި އުމުރާނީ ތަރައްޤީގެ ގިނަ މަޝްރޫޢުތަކެއް ހިނގަމުންދާކަންވެސް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފާހަގަކުރެއްވިއެވެ. މިގޮތުން މަގުހެދުމާއި، ފުވައްމުލަކު ސްކޫލުތަކުގެ ޖާގަ އިތުރުކުރުމުގެ މަޝްރޫޢުތައް ޚާއްޞަގޮތެއްގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ފުވައްމުލަކު ހޮސްޕިޓަލަށް އިތުރުކުރެވުނު ބައިގައި ހިމެނެނީ އޯޕީޑީ ރޫމްތަކަކާއި ލެބޯޓަރީއެވެ. އަދި އެހޮސްޕިޓަލުގައި އަލަށް ފެށުމަށް ހަމަޖެހިފައިވާ ޚިދުމަތްތަކަކީ، ފިޒިއޮތެރަޕީ އާއި ސްޕީޗް ތެރަޕީ އަދި ނަފްސާނީ ބަލީތަކުގެ ފަރުވާއެވެ.
އައު އިމާރާތް ހުޅުވުމުގެ ރަސްމިއްޔާތަށް ފަހުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ އެ ޢިމާރާތް ބައްލަވާލައްވާފައެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް