Saturday, 31 October 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

މާޅޮހުން ފައްސިވި ފަތުރުވެރިންނާ ބައްދަލުވި މީހަކު ފައްސިވެއްޖެ

މާޅޮހުން ފައްސިވި ފަތުރުވެރިންނާ ބައްދަލުވި މީހަކު ފައްސިވެއްޖެ

ބ. މާޅޮހުން އިއްޔެ ފައްސިވި ދެ ފަތުރުވެރިންނާ ބައްދަލުވި މީހަކު އެރަށުން ފައްސިވެއްޖެއެވެ.

މާޅޮހުން ދެ ފަތުރުވެރިން ފައްސިވުމާ ގުޅިގެން އެ ރަށަށް އަރައި ފޭބުން ވަނީ މަނާ ކޮށްފައެވެ. އަދި ކޮންޓެކްޓް ޓްރޭސިން ހަދައި އެއްތާވި މީހުން ވަނީ ކޮވިޑް-19 އަށް ޓެސްޓުކޮށްފައެވެ.

"ޕީއެސްއެމް ނިއުސް" އިން ރިޕޯޓު ކޮށްފައިވާ ގޮތުގައި މާޅޮސް ކޭހާ ގުޅިގެން ޑައިރެކްޓު ކޮންޓެކްޓުންގެ ގޮތުގައި މިހާތަނަށް 7 މީހެއްގެ ސާމްޕަލް ވަނީ ނަގައިފައެވެ. އަދި މީގެ ތެރެއިން ފައްސިވެފައި ވަނީ އެންމެ މީހެއްގެ ސާމްޕަލެވެ. މި މީހުންގެ އިތުރުން ވެސް އިތުރު ދެ މީހެއްގެ ސާމްޕަލް ވަނީ ނެގުމަށް ހަމަޖެހިފައެވެ.

Advertisement
Ooredoo — Truecaller (box)

ޑައިރެކްޓު ކޮންޓެކްޓު ވެގެން މާޅޮހުން ފައްސިވެފައި ވަނީ ދިވެހި ފިރިހެނެކެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އާއްމު ކޮށްފައިވާ ސާވޭލަންސް ޑޭޓާއަށް ބަލާއިރު އިއްޔެ ރާއްޖެއިން ކޮވިޑަށް ފައްސި ވެފައި ވަނީ މާލެއިން 78 މީހުންނާއި، އަތޮޅުތަކުން 33 މީހުންނާއި، ހިންގަމުން އަންނަ ރިސޯޓުތަކުން 12 މީހެކެވެ. މިހާރު ރާއްޖެއިން މިބައްޔަށް ޖުމްލަ 26،145 މީހުން ވަނީ ފައްސިވެފައެވެ.

ރާއްޖެއިން މިހާރު ކޮވިޑް ބަލިން ފަސޭހަ ވެފައި ވަނީ ޖުމްލަ 23،482 މީހުންނެވެ. އަދި މިހާތަނަށް މިބަލީގައި ރާއްޖެއިން 68 މީހުން ވަނީ ނިޔާވެފައެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް