Friday, 30 October 2026
Advertisement
Allied Insurance (leaderboard)
ސިޔާސީ

ޕީއެސްއެމްގެ ސީއީއޯއާ ބައްދަލު ކުރަން ދިއުމުން ވަލު ދޮރާށިން ފިއްލެވި ކަމުގެ ތުހުމަތު

ޕީއެސްއެމްގެ ސީއީއޯއާ ބައްދަލު ކުރަން ދިއުމުން ވަލު ދޮރާށިން ފިއްލެވި ކަމުގެ ތުހުމަތު

ދައުލަތުގެ މީޑިއާ ''ޕީއެސްއެމް'' ހިންގާ ގޮތާމެދު ރައްޔިތުންގެ ހުރި ކަންބޮޑުވުންތަކާ ގުޅިގެން އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ލީޑާޝިޕުން ޕީއެސްއެމްއަށް ވަޑައިގަތުމުން ސީއީއޯ ޢަލީ ޚާލިދު ފިއްލަވައިފިއެވެ.

އިދިކޮޅު ޕީޕީއެމްއިން ބުނީ ދައުލަތުގެ މީޑިއާ ސިޔާސީކޮށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ޕްރޮމޯޝަން ޖައްސަމުންދާއިރު އިދިކޮޅު ކޯލިޝަނަށް އެއްވެސް ފުރުސަތެއް ނުދީ ޕީއެސްއެމްގެ ޤާނޫނާ ޚިލާފަށް ޢަމަލުކުރަމުންދާ ކަމަށެވެ.

އަދި އެ ތަނުގެ މުވައްޒަފުންނަށް ބިރުދައްކައި މުވައްޒަފުން ނިކަމެތި ކުރަމުންދާ ކަމަށާއި ރިޔާސީ އިންތިޚާބު ބޯމަތިވެފައިވާއިރު އެމްޑީޕީން ބޭނުންވާ ގޮތަށް ޕީއެސްއެމް ހިންގަމުންދާ ކަމަށެވެ. އަދި އެ ކަންކަމާ ގުޅިގެން ރައްޔިތުން ކަންބޮޑުވުން ފާޅުކުރަމުންދާ ކަމަށް ވެސް ޕީޕީއެމްއިން ބުންޏެވެ.

Advertisement
Allied — Dhen Online (box)

އެހެންވެ މިއަދު ޕީއެސްއެމްގެ ސީއީއޯ ޢަލީ ޚާލިދާ ބައްދަލުކުރައްވަން ކޯލިޝަންގެ ލީޑަރޝިޕުން ވަޑައިގަތުމުން
ވަގުތު ނުދެއްވައި ވަލު ދޮރާށިން ޢަލީ ޚާލިދު ފިއްލަވައިގެން ބޭރަށް ވަޑައިގެންފައިވާ ކަމަށް ވެސް ޕީޕީއެމްއިން ބުންޏެވެ.

ޕީޕީއެމްއިން ބުނީ ޕީއެސްއެމް ޒިންމާދާރު ކުރުމަށްޓަކައި އެ ކޯލިޝަނުން އަދިވެސް ޕީއެސްއެމްއަށް ދާނެ ކަމަށެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް