Saturday, 31 October 2026
Advertisement
Ooredoo — Article-Top (leaderboard)
ސިޔާސީ

ރައީސް ނަޝީދު ޕްރައިމަރީގައި ވާދަ ނުކުރައްވާނެ: މޫކޭ

ރައީސް ނަޝީދު ޕްރައިމަރީގައި ވާދަ ނުކުރައްވާނެ: މޫކޭ

އެމްޑިޕީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަނުކުރައްވާނެ ކަމަށް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑިސީ) ގެ މެނޭޖިން ޑިރެކްޓަރު މޫސާ އަލީ މަނިކު (މޫކޭ) ވިދާޅުވެއްޖެއެވެ.

މުކޭ މިފަދައިން ވިދާޅުވީ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ރިޔާސީ ޕްރައިމަރީއަށް ކުރުމަތިލުމަށް ހުޅާވި މުއްދަތު ކުރުކަމަށްބުނެ ރައްޔިތުންގެ މަޖިލީހުގެ މެދުހެންވޭރު ދާއިރާގެ އެމްޑީޕީ މެމްބަރު ޢަލީ އާޒިމް ނުރުހުން ފާޅުކުރެއްވުމާ ގުޅިގެންނެވެ.

އާޒިމް<span class="css-901oao css-16my406 r-poiln3 r-bcqeeo r-qvutc0"> ވިދާޅުވީ ރައީސް ނަޝީދު ޕްރައިމަރީއަށް ކުރިމަތި ލައްވާނެކަމަށް </span>ވިދާޅުވަނިކޮށް އެމަނިކުފާނު މިވަގުތު ރަށުގައިވެސް ވަޑައިންނޫޅުއްވަނީސް އެންމެ 5 ދުވަހުގެ މުއްދަތެއް ދިނުމަށްފަހު ޕްރައިމަރީއަށް ހުޅުވާލުމަކީ ވަރަށް ހުތުރުކަމެއްކަމަށެވެ.

Advertisement
Allied Insurance — Square (box)

މިކަމާ ގުޅިގެން މޫކޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކިތަންމެ  ބޭނުން ވިޔަސް ރައީސް ނަޝީދު މި އިންތިޚާބުގައި ވާދަ  ނުކުރައްވާނެ ކަމަށެވެ. އަދި “ތިއީ ދުނިޔޭގެ ކުރިމަތީ ރައީސް ނަޝީދު ބޭޒާރު ކުރާނެ ގޮތެއް ނޭނގިގެން އުޅޭ ބައެއްކަން ރައީސް ނަޝީދު ދެނެލައްވާ” ކަމަށް މޫކޭ ވިދާޅުވިއެވެ.

އަލީ އާޒިމަށް ރައްދުދެއްވަމުން މުކޭ ވިދާޅުވީ ފިތުނައިގެ ޓްވީޓް ކޮށްގެން މޮޅު ނުވާނެ ކަމަށެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް