Saturday, 31 October 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

ފަސް ފުލުހަކު ކޯހަކަށް އިންޑިއާ އަށް

ފަސް ފުލުހަކު ކޯހަކަށް އިންޑިއާ އަށް

އިންޑިއާގެ ހައިދަރުއާބާދުގައި 10 މަސް ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދަން ހަމަޖެހިފައިވާ އައިޕީއެސް ޕްރޮބޭޝަނާސް ކޯހުގައި ބައިވެރިވާ ފަސް ފުލުހުން އެ ގައުމަށް ފުރައިފިއެވެ.

އިއްޔެ ފުރި ފަސް ފުލުހުންނަކީ ސަބް އިންސްޕެކްޓަރ އޮފް ޕޮލިސް އާދަމް މާހިރު، ސަބް އިންސްޕެކްޓަރ އޮފް ޕޮލިސް ރިފްޢަތު ހުސައިން، ސަބް އިންސްޕެކްޓަރ އޮފް ޕޮލިސް އާމިނަތު ޝީޒާ، ސަބް އިންސްޕެކްޓަރ އޮފް ޕޮލިސް މުހައްމަދު ރިޟްވާން އަދި ސަބް އިންސްޕެކްޓަރ އޮފް ޕޮލިސް އަހްމަދު ޖަލީލްއެވެ.

އައިޕީއެސް ޕްރޮބޭޝަނާސް ކޯސް ކޮންމެ އަހަރަކުވެސް ކުރިއަށް ގެންދާއިރު މައިގަނޑު ގޮތެއްގައި ކޯސް ބިނާވެގެންވަނީ ފީލްޑް ޓްރެއިނިންގެ މައްޗަށެވެ.

Advertisement
HDC — Sidebar (box)

އެގޮތުން ފިޒިކަލް ޓްރެއިނިންގ އާއި ވެޕަން ޓްރެއިނިންގެ އިތުރުންވެސް މި ކޯހުގެ ބައިވެރިންނަށް ފުލުހުންގެ މަސައްކަތްތަކުގެ އަމަލީ ތަޖުރިބާ ހޯދައިދިނުމުގެ ގޮތުން މޮޑެލް ޕޮލިސް ސްޓޭޝަންގައި މަސައްކަތްކުރުމާއި، މޫޓް ކޯޓު ފަދަ މޮޑިއުލްތަކުން އަމަލީ ތަޖުރިބާ ފޯރުކޮށްދޭނެއެވެ.

އޭގެ އިތުރުންވެސް، ގާނޫނުގެ ބައިތަކާއި ތަހުގީގުކުރުމުގެ ހުނަރުތަކާއި ފޮރެންސިކް މެޑިސިންގ، ޕޮރެންސިކް ސައިންސް، ކްރިމިނޮލޮޖީ އަދި ލީޑަރޝިޕް ފަދަ ފުލުހުންނާ ގުޅުންހުރި މުހިންމު ބައިތައް ކިޔަވައިދޭނެއެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް