Saturday, 31 October 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

އަހުމަދިއްޔާ ސްކޫލުގެ އާ އިމާރާތުގެ ބިންގާ އަޅައިފި

އަހުމަދިއްޔާ ސްކޫލުގެ އާ އިމާރާތުގެ ބިންގާ އަޅައިފި

އަހުމަދިއްޔާ އިންޓަނޭޝަނަލް ސްކޫލުގެ އައު އިމާރާތުގެ ބިންގާ އަޅައިފިއެވެ.

އަހުމަދިއްްޔާ ސްކޫލުގެ އައު އިމާރާތުގެ ބިންގާ އެޅުމަށް އެސްކޫލުގެ ކުރީގެ އޮފީސް އިމާރާތް ހުރި ބިމުގައި ވަނީ ހާއްސަ ރަސްމިއްޔަތެއް ބާއްވާފައެވެ.

މި ރަސްމިއްޔާތުގައި މާލެ ސިޓީ ކައުންސިލުގެ ބައެއް ކައުންސިލަރުން ވަނީ ބައިވެރިވެފައެވެ.

Advertisement
Allied Insurance — Square (box)

މި ރަސްމިއްޔާތުގައި އެސްކޫލުގެ އަލަށް އިމާރާތް ކުރުމަށް ހަމަޖެހިފައިވާ 10 ބުރީގެ އައު އިމާރާތުގެ ބިންގާ އަޅުއްވާ ދެއްވާފައި ވަނީ މާލެސިޓީގެ މޭޔަރ ޑރ. މުޢިއްޒު އާއި އަހުމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލްގެ ޕްރިންސިޕަލް މުޙައްމަދު ރަޝީދުއެވެ.

އަހުމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލަކީ މާލެ ސިޓީކައުންސިލުގެ ބެލުމުގެ ދަށުގައިވާ 3 ސްކޫލުގެ ތެރެއިން 1 ސްކޫލެވެ. އަހްމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލްގެ އިތުރުން ގަލޮޅު ސްކޫލާއި މާފަންނު މަދަރުސާ އަކީ މާލެ ސިޓީކައުންސިލުގެ ބެލުމުގެދަށުގައިވާ ސްކޫލްތަކެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް