Friday, 30 October 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

ނިޝާމާގެ ކަށުނަމާދު މިރޭ މަޣްރިބް ނަމާދަށްފަހު!

ނިޝާމާގެ ކަށުނަމާދު މިރޭ މަޣްރިބް ނަމާދަށްފަހު!

މި މަހު ހދ. ނޮޅިވަރަމްގައި މަރާލި ނިޝާމާ މުހައްމަދުގެ ޕޯސްޓްމޯޓަމް ހެދުމަށް ފަހު މިއަދު އޭނަގެ ޖަނާޒާ ބާއްވަން ނިންމައިފިއެވެ.

ޕޯސްޓްމޯޓަމަށް ހެދުމަށް މި މަހުގެ 21ގައި އިންޑިއާއަށް ގެންދިޔަ 28 އަހަރުގެ ނިޝާމާގެ ހަށުގަނޑު ރާއްޖެ ގެނައީ މިއަދުއެވެ.

އޭނަގެ ޖަނާޒާ ބާއްވަން ހަމަޖެހިފައި ވަނީ މައުރިބު ނަމާދަށް ފަހު މާލޭގެ އާސަހަރާ މިސްކިތުގައެވެ.

Advertisement
Allied Insurance — Square (box)

ތިން ކުދިންގެ މަންމަ ނިޝާމާ މަރާލާފައި އޮއްވައި ފެނުނީ މި މަހުގެ 10 ގަ އެވެ. އަދި އެ މައްސަލައިގެ ތުހުމަތަށް އޭނަގެ ފިރިމޫހާ އަބޫބަކުރު ފައިސަލް، 32، ފުލުހުންގެ ބެލުމުގައި ދަށުގައި ހުއްޓައި މި މަހުގެ 12 ވަނަ ދުވަހުގެ ރޭ އަމިއްލަ އަށް ދަންޖެހިގެން މަރުވާން އުޅެނިކޮށް ސަލާމަތްކޮށް ފަރުވާ ދެނިކޮށް މި މަހުގެ 19 ގައި ވަނީ މަރުވެފައެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް