Friday, 30 October 2026
Advertisement
STO — McCoy (leaderboard)
ސިޔާސީ

ރައީސް ޔާމީންގެ ސަޕޯޓަރުން ކްރިމިނަލް ކޯޓު ކައިރިއަށް އެއްވަނީ

ރައީސް ޔާމީންގެ ސަޕޯޓަރުން ކްރިމިނަލް ކޯޓު ކައިރިއަށް އެއްވަނީ

އިދިކޮޅު ލީޑަރު އަދި ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް(ޕީޕީއެމް) ގެ ރިޔާސީ ކެންޑިޑޭޓް، ރައީސް ޔާމީން އަބްދުލްގައްޔޫމްގެ މައްޗަށް ދައުލަތުން ދައުވާ އުފުލާފައިވާ ވ.އާރަށުގެ މައްސަލައިގައި މިއަދު ޙުކުމް އިއްވެވުމަށް ހަމަޖެހިފައިވާއިރު، ކްރިމިނަލް ކޯޓު ސަރަހައްދަށް އެއްވުމަށް ޕީއެންސީގެ ނައިބު ރައީސް އަދި ހުޅުމާލެ ދާއިރާގެ މެމްބަރު އިބްރާހީމް ޝުޖާޢު ގޮވައިލައްވައިފިއެވެ.

https://twitter.com/IbrahimShujaau/status/1606666970874929153

ޙުކުމް އިއްވެވުމަށް ބާއްވަވާ ޝަރީޢަތުގެ މަޖިލިސް އޮތީ މިއަދު ހެނދުނު 9 ޖަހާއިރުއެވެ. ޝުޖާޢު ރޭގެ ވަގުތެއްގައި ކުރެއްވި ޓްވީޓެއްގައި ވަނީ ޢުމުރުން 18 އަހަރުން މަތީގެ ދެޖިންސުގެ ޒުވާނުން، މިއަދު ހެނދުނު 08:00 އަށް މާލޭ ކަރާމާރުކޭޓް ސަރަހައްދަށް ހާޒިރުވެދެއްވުމަށް ގޮވާލައްވައިފައެވެ.

Advertisement
Allied — Dhen Online (box)

ރައީސް ޔާމީންގެ މައްޗަށް ދަޢުވާ އުފުލީ، އެމްއެމްޕީއާރްސީ މެދުވެރިކޮށް ވ.އާރަށް ކުއްޔަށް ދޫކުރުމުގެ މުޢާމަލާތުގެ ތެރެއިން، އެމަނިކުފާނު މަޤާމުގެ ނުފޫޒު ބޭނުން ކުރައްވައިގެން ރިޝްވަތުގެ ގޮތުގައި އެއްމިލިއަން ޔޫއެސް ޑޮލަރު ނަންގަވައި ލޯންޑަރ ކުރެއްވިކަމުގެ ތުހުމަތުގައެވެ.

މި މި މައްސަލައިގެ އަޑުއެހުންތައް ނިންމައިލީ މިދިޔަ މަހުގެ 30 ވަނަ ދުވަހުއެވެ.

2019 ވަނަ އަހަރުގެ ނޮވެމްބަރުމަހުގެ 28 ވަނަ ދުވަހު، ކްރިމިނަލް ކޯޓުން ވަނީ، ގއ.ވޮޑަމުއްލާ ކުއްޔަށް ދޫކުރުމުގެ މުޢާމަލާތުގައި ރައީސް ޔާމީން މަނީ ލޯންޑަރ ކުރެއްވިކަން ސާބިތުވާ ކަަމަށް ކަނޑައަޅުއްވައި، ފަސް އަހަރުގެ ޖަލު ޙުކުމެއް އިއްވަވައިފައެވެ. ނަމަވެސް ސުޕްރީމް ކޯޓުން ވަނީ އެ ޙުކުމް ބާތިލު ކުރައްވައިފައެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް