Saturday, 31 October 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

ރައީސް ޔާމީންގެ މައްޗަށް ރިޝްވަތުގެ ކުށް ސާބިތުވެއްޖެ

ޓޫރިސްޓް ރިސޯޓް ތަރައްގީ ކުރުމަށްޓަކައި ވ. އާރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ކުރީގެ ރައީސް ޢަބްދުالله ޔާމީންގެ މައްޗަށް އުފުލި ދައުވާ ސާބިތުވާ ކަމަށް ކަނޑައަޅައިފިއެވެ.

ޔާމީންގެ މައްސަލައިގައި ހުކުމް ކުރުމަށް މިއަދު ބޭއްވި އަޑުއެހުމުގައި ހުކުމް އިއްވަމުން ކްރިމިނަލް ކޯޓުގެ އިސްގާޒީ އަހުމަދު ޝަކީލް ވިދާޅުވީ ރިޝްވަރު ދިނުމުގެ ދައުވާ އަދި ރިޝްވަތު ގަބޫލުކުރުމުގެ ދައުވާ އަބްދުﷲ ޔާމީން އަދި ޔޫސުފް ނައީމްގެ މައްޗަށް ޝައްކެއް ނެތް މިންވަރަށް ސާބިތުވާ ކަމަށެވެ.

ޝަކީލް ވިދާޅުވީ ޔާމީންގެ އެކައުންޓަށް ވަތް ފައިސާ އަކީ ސިޔާސީ ކަންކަމަށް ލިބުނު ފައިސާ ކަމަށްބުނިނަމަވެސް ޕީޕީއެމްގެ މާލީ ހިސާބުތަކުން އެ ފައިސާ ފެންނާކަށް ނެތް ކަމަށެވެ.

Advertisement
Allied Insurance — Square (box)

މި މައްސަލައިގައި އަދަބު ކަނޑައެޅުން އޮންނާނީ މިއަދު 2 ޖަހާއިރުއެވެ. އެކަން އިއުލާން ކުރައްވަމުން މައްސަލަ ބައްލަވާ ގާޒީ ވަނީ ޝަރީއަތުގެ މަޖިލީސް މެދުކަނޑާލައްވާފައެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް