Friday, 6 November 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

ދަޢުލަތުން އެދެނީ ރައީސް ޔާމީނަށް 19 އަހަރުގެ ޖަލު ޙުކުމެއް އިއްވައިދިނުމަށް

ދަޢުލަތުން  އެދެނީ ރައީސް ޔާމީނަށް 19 އަހަރުގެ ޖަލު ޙުކުމެއް އިއްވައިދިނުމަށް

ވ. އާރަށު މައްސަލާގައި ރައީސް ޔާމީންގެ މައްޗަށް ސާބިތުވި ދެ ދައުވާގެ ޖަލު އަދަބަށް 19 އަހަރުގެ ޖަލު ހުކުމެއް އިއްވައިދިނުމަށް ދައުލަތުން ޝަރީއަތުގައި އެދިވަޑައިގެންފިއެވެ.

މިއަދު ކްރިމިނަލް ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައި މަނީ ލޯޑަރިންނާއި، ރިޝްވަތު ގަބޫލުކުރުމުގެ ދަޢުވާ ރައީސް ޔާމީން އާއި، ޔޫސުފް ނައީމުގެ މައްޗަށް ސާބިތުވާ ކަމަށް ވަނީ ކަނޑައަޅާފައެެވެ.

ރައީސް ޔާމީންގެ މައްޗަށް އެ ދެ ދައުވާ އުފުލާފައިވަނީ ވ. އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތުގެ ތެރެއިން ރިޝްވަތުގެ ގޮތުގައި އެއް މިލިއަން ޑޯލަރު ނަންގަވައި އެ ފައިސާ ލޯންޑަކުރި ކަމަށް ތުހުމަތު ކޮށެވެ.

Advertisement
Ooredoo — Truecaller (box)

އެގޮތުން ރައީސް އޮފީހުގެ އެންގުމަށް އާރަށް ޓޫރިޒަމް މިނިސްޓްރީއާ ހަވާލުކޮށް ޔޫސްފް ނައީމްގެ 99 އިންސައްތަ ހިއްސާ އޮންނަ ޓޫޖީ ޕްރައިވެޓް ލިމިޓެޑް ރަޖިސްޓްރީކޮށްދިނެވެ.

އަދިި ފަހުން އެ ރަށް އެލްއޭ ރިސޯޓްސް ޕްރައިވެޓް ލިމިޓެޑަށް ވަނީ ވިއްކާލާފައެވެ. އެ ކުންފުނީގެވެސް 99 އިންސައްތަ ހިއްސާ އޮންނަނީ ޔޫސުފް ނައީމަށް ކަމަށް ދަޢުވާގައި ވަނީ ބުނެފައެވެ.

އެމްއެމްޕީއާރުސީން ޓޫޖީ ޕްރައިވެޓް ލިމިޓެޑަށް ވ. އާރަށް ހަވާލުކުރުމުން އިކުއިޒިޝަން ކޮސްޓަށް އެއް މިލިއަން ޑޮލަރު އެލްއޭ އިން އެމްއެމްޕީއާރުސީއަށް ދިނެވެ. އެކުންފުނިން ޔޫސުފް ނައީމަށް ވެސް އެއް މިލިއަން ޑޮލަރުގެ ޗެކެއް ދިން ކަމަށް ދަޢުލަތުން ވަނީ ބުނެފައެވެ.

އަދި އެ ފައިސާ ޔޫސުފް ނައީމްގެ އެކައުންޓަށް ޖަމާކުރުމަށްފަހު ރައީސް ޔާމީނަށް ދޫކޮށްފައިވާ ކަމަށް ވެސް ދަޢުވާގައި ވަނީ ބުނެފައެވެ.

ރައީސް ޔާމީނަށް ދޭނެ އަދަބު ކަނޑައެޅުން އޮތީ މެންދުރު 2 ޖަހާއިރުއެވެ.

 

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް