Saturday, 31 October 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

އަދުރޭގެ ތުހުމަތެއް: ލަސްވެގެން ދިޔަ ވަގުުތު ސިފައިނާއި ފުލުހުން ކޯޓު ތެރޭގަ ހަރަކާތްތެރިވި

އަދުރޭގެ ތުހުމަތެއް: ލަސްވެގެން ދިޔަ ވަގުުތު ސިފައިނާއި ފުލުހުން ކޯޓު ތެރޭގަ ހަރަކާތްތެރިވި

އެމްއެމްޕީއާރްސީ މެދުވެރިކޮށް ވ.އާރަށް ކުއްޔަށް ދޫކުރުމުގެ މުޢާމަލާތުގައި މަންފާ ހޯއްދެވި ކަމަށް ތުހުމަތުކޮށް، ރައީސް ޔާމީންގެ މައްޗަށް އުފުލި ދައުވާގެ ހުކުމް ކުރުމުގެ އަޑުއެހުން ފެށުން ލަސްވެގެންދިޔުމާ ގުޅިގެން ޕީއެންސީގެ ރައީސް އަބްދުއްރަޙީމް ބޮޑެތު ތުހުމަތުތަކެއް ކޮށްފިއެވެ.

މިއަދު އިދިކޮޅުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން އަދުރޭ ވިދާޅުވީ މިއަދުގެ ޝަރީއަތް ލަސްވީ  ނުހައްގު ހުކުމް ކުރުމަށް ކަމަށެވެ. އަދި ލަސްވެގެންދިޔަ ވަގުތު ފުލުހުންނާއެކު ކްރިމިނަލް ކޯޓުގެ އިސްގާޒީ އަހުމަދު ޝަކީލް ކޮޓަރީގައި އިންނެވި މަޢުލޫމާތު ލިބިފައިވާ ކަމަށް އަދުރޭ ވިދާޅުވިއެވެ.

“ލަސްވެގެން ދިޔަ ވަގުުތު ސިފައިނާ ފުލުހުން ކޯޓު ތެރޭގަ ހަރަކާތްތެރިވި. އަދި އެވަގުތު ފަނޑިޔާރު ޝަކީލް ކޮޓަރީގައި އިންނެވި މައުލޫމާތު ލިބުނު” އަދުރޭ ވިދާޅުވިއެވެ.

Advertisement
Allied Insurance — Square (box)

އަދުރޭ ވިދާޅުވީ ރައީސް ޔާމީނަށް އިންތިހާބުގައި ކުރިމަތި ނުލެވޭނެ ކަމަށް އަދި ނުނިންމާ ކަމަށާއި އެ ހާލަތާ މެދު ވެސް ނުވިސްނާ ކަމަށެވެ. އަދި ގައުމަށް އޮތް އެންމެ ރަނގަޅު ގޮތަކީ ޔާމީން ވެރިކަމަށް ގެނައުން ކަމަށާއި ރައީސް ޔާމީނާއެކު ނިކުމެ އިންތިހާބު ކާމިޔާބު ކުރާނެ ކަމަށް އަދުރޭ ވިދާޅުވިއެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް