Saturday, 31 October 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

ޔޫސުފް ނައީމް ތިން އަހަރަށް ޖަލަށް ލާން ހުކުމްކޮށްފި

ޓޫރިސްޓް ރިސޯޓް ތަރައްގީ ކުރުމަށްޓަކައި ވ. އާރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ޔޫސުފް ނައީމް ތިން އަހަރަށް ޖަލަށް ލާން ހުކުމްކޮށްފިއެވެ.

ޔޫސުފް ނަޢީމްގެ މައްޗަށް އުފުލާފައިވަނީ، ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު ގެ 510 ވަނަ މާއްދާގެ (ށ) އާ ޙަވާލާދީ، އެ މާއްދާގެ (ރ) ގެ ދަށުން ރިޝްވަތު ދިނުމުގެ ދަޢުވާއެވެ. ކްރިމިނަލް ކޯޓުން ދެންމެ އިއްވި ހުކުމުގައި ވަނީ ޔޫސުފް ނައީމްގެ މައްޗަށް ރިޝަވަތު ދިނުމުގެ ކުށް ސާބިތުވާ ކަމަށާއި 3 އަހަރާއި 2 މަހާއި 12 ދުވަހަށް ޖަލަށް ލާން ހުކުމް ކުރާ ކަމަށެވެ. މި މައްސަލައިގައި ހުކުމުގައި ބުނެފައިވަނީ ރައީސް ޔާމީންގެ ނަމުގައިވާ އެކައުންޓެއް ރީއެކްޓިވޭޓްކޮށް ޔޫސުފް ނައީމްގެ ނަމުގައިވާ އެކައުންޓަކުން ފައިސާ ޖަމާކުރުމަކީ އިއްތިފާގެއް ކަމަކަށް ނުދެކޭ ކަމަށެވެ. އެއީ އާރަށް ކުށްޔަށް ދިނުމާ ގުޅިގެން ޔާމީން ހޯދުމަށް އެދުނު ފައިސާކަން ޔާމީނަށް އެނގޭނެކަން އެއީ ސަބަބުވެރި އިންސާނެއްގެ ނަޒަރުން ބެލިނަމަވެސް ޔަގީންވާކަމެއް ކަމަށް ހުކުމަގައިވެއެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް