Saturday, 31 October 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

ރައީސް ޔާމީން މާފުއްޓަށް،ސަޕޯޓަރުން މަގުތަކަށް

ރައީސް ޔާމީން މާފުއްޓަށް،ސަޕޯޓަރުން މަގުތަކަށް

ޓޫރިސްޓް ރިސޯޓް ތަރައްގީ ކުރުމަށްޓަކައި ވ. އާރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ކުރީގެ ރައީސް ޢަބްދުالله ޔާމީންގެ މައްޗަށް އުފުލި ދައުވާ ސާބިތުވެ، 11 އަހަރަށް ޖަލަށް ލާން ހުކުމް ކުރުމާ ގުޅިގެން އިދިކޮޅުން ކުރިޔަށްގެންދާ މުޒާހަރާގެ ތެރެއިން މީހުން ހައްޔަރުކުރަން ފަށަައިފިއެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި މުޒާހަރާގެ ތެރެއިން މިހާތަނަށް ތިން މީހަކު ވަނީ ހައްޔަރުކޮށްފައެވެ.

އިދިކޮޅު ފަރާތްތަކުން މިހާރު މުޒާހަރާ ކުރަމުން ދަނީ މަޖީދީ މަގު، ޗާންދަނީ މަގު ސަރަހައްދުގައެވެ. މި މުޒާހަރާގައި އެ ޕާޓީގެ ލީޑާޝިޕުގެ ބޭފުޅުންވެސް ބައިވެރިވެއެވެ.

Advertisement
HDC — Sidebar (box)

މިއަދު ކްރިމިނަލް ކޯޓުން ރައީސް ޔާމީންގެ މައްޗަށް އިއްވި 11 އަހަރުގެ ޖަލު ހުކުމާއި އެކު މިހާރު ހުކުމް ތަންފީޒުކުރުމަށް އެމަނިކުފާނު ވަނީ މާފުއްޓަށް ގެންދަވިފައެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް