Saturday, 31 October 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

އިދިކޮޅުން ކުރިޔަށްގެންދާ މުޒާހަރާގެ ތެރެއިން 16 މީހަކު ހައްޔަރަށް

އިދިކޮޅުން ކުރިޔަށްގެންދާ މުޒާހަރާގެ ތެރެއިން 16 މީހަކު ހައްޔަރަށް

ޓޫރިސްޓް ރިސޯޓް ތަރައްގީ ކުރުމަށްޓަކައި ވ. އާރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ކުރީގެ ރައީސް ޢަބްދުالله ޔާމީންގެ މައްޗަށް އުފުލި ދައުވާ ސާބިތުވެ، 11 އަހަރަށް ޖަލަށް ލާން ހުކުމް ކުރުމާ ގުޅިގެން އިދިކޮޅުން ކުރިޔަށްގެންދާ މުޒާހަރާގެ ތެރެއިން ގިނަ އަދަދެއްގެ ބަޔަކު ހައްޔަރުކޮށްފިއެވެ.

މި މުޒާހަރާގެ ތެރެއިން ގާތްގަޑަކަށް 16 މީހުން މިހާތަނަށް ހައްޔަރުކޮށްފައިވާ ކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.

<img class="alignnone wp-image-171252 size-full" src="https://cdn.dhen.mv/wp-content/uploads/2022/12/C2CC2AAD-A2B8-47D9-A09D-7DB6E9D6C557.jpeg" alt="" width="1170" height="841" />

Advertisement
Allied — Dhen Online (box)

އެ ސަރަހައްދުގައި ގިނަ އަދަދެއްގެ ސިފައިންނާއި އާންމުން ހަރަކާތްތެރިވަމުން އެބަދެއެވެ. މުޒާހަރާގެ ބައިވެރިން ދަނީ ރައީސް ޔާމީން މިނިވަން ކުރުމަށް ގޮވާލަމުންނެވެ. އަދި ފުލުހުން މިހާރު ދަނީ އެ ސަރަހައްދު ދޫކޮށް ދިޔުމަށް މުޒާހަރާގެ ބައިވެރިންނަށް އަންގަމުންނެވެ.

މިވަގުތު ފޮރިން މިނިސްޓަރު ޝާހިދު ދިރިއުޅޭ ގެ ކައިރީގައި އެމްއެންޑީއެފުން ދަނީ ހަރަކާތްތެރިވަމުންނެވެ.

ރައީސް ޔާމީނަށް ކުރި ހުކުމާއި ގުޅިގެން، އެމަނިކުފާނު މިނިވަންކުރެވެން ކުރެވެން އޮތްހާ ކަމެއް ކުރާނެ ކަމަށް އިދިކޮޅު ކޯލިޝަނުން މިއަދު ވަނީ ބުނެފައެވެ.

<img class="alignnone wp-image-171253 size-full" src="https://cdn.dhen.mv/wp-content/uploads/2022/12/4718B01A-540C-4E90-90DF-AFE1007154BB.jpeg" alt="" width="1170" height="843" />

ކްރިމިނަލް ކޯޓުން އިއްވި ހުކުމުގައި ވަނީ ރައީސް ޔާމީންގެ ލޯންޑަރިންގެ ކުށް ސާބިތުވެ ހަތް އަހަރަށް ޖަލަށްލުމަށް ހުކުމްކޮށް 5 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފައެވެ. މީގެ އިތުރުން ރިޝްވަތު ހިފުމުގެ ކުށް ސާބިތުވެ 4 އަހަރުގެ ޖަލު ހުކުމެއްވެސް ވަނީ އިއްވާފައެވެ.

މިއާއެކު މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ އިއްވި ޖަލު އަދަބާއެކު ރައީސް ޔާމީންގެ މައްޗަށް ވަނީ 11 އަހަރުގެ ޖަލު ހުކުމެއް އިއްވާފައެވެ. އަދި ޖޫރިމަނާ ކުރި 5 މިލިއަން ޑޮލަރު ހަ މަސް ދުވަސް ތެރޭ މަރުކަޒީ ބޭންކް އެމްއެމްއޭއަށް ދެއްކުމަށް ވެސް ޔާމީންގެ މައްޗަށް ވަނީ ހުކުމްކޮށްފައެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް