ރައީސް ޔާމީންގެ އަނިޔާ އެންމެ ބޮޑަށް ލިބުނީ އާއްމުނަށް، މިއަދު މިނުކުތީ އެކަން ތަކުރާރުވިޔަ ނުދޭން: ތަސްމީން
2013 އިން 2018ވަނަ އަހަރަށް ރާއްޖޭގެ ވެރިކަން ކުރެއްވި ރައީސް ޔާމީން އަބްދުލްޤައްޔޫމްގެ ވެރިކަމުގައި އެންމެ އަނިޔާ އެންމެ ބޮޑު އަނިޔާއެއް ތަޙައްމަލް ކުރަން ޖެހުނީ އާއްމުން ކަމަށާއި، މިއަދު އެކަން ތަކުރާރުވެ ދިޔަ ނުދިނުމަށް ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙަށް ފުރުސަތު ދެއްވަން ޖެހޭނެ ކަމަށް ޑީއާރުޕީގެ ކުރީގެ ލީޑަރު އަޙްމަދު ތަސްމީން އަލީ ވިދާޅުވެއްޖެއެވެ.
ސިންގަޕޫރަށް ދިވެހި ސަރުކާރުން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުގެ މަޤާމުގައި މިވަގުތު ހުންނެވި ތަސްމީން ވިދާޅުވީ ރައީސް ޔާމީންގެ ދައުުރުގައި ރައީސް ޔާމީނުގެ ވެރިކަމުގައި އެންމެ ބޮޑު އަނިޔާ ލިބުނީ ސިޔާސީ ވެރިންނަނަކަށް ނޫން ކަމަށާއި އަނިޔާއާ ކުރިމަތިވި ނިކަމެެތިކަން ތަހައަމަލް ކުރީ އާންމު މެންބަރުނަނާ، އެކްޓިވިސްޓުންނާ އެބޭފުޅުންގެ އާއިލާ ތަކުން ކަމަށެވެ.
"އަނިޔާވެރިކަމާއި ދެކޮޅަށް، ސުލްޙަވެރިކަމާއެކު ހިންގި އެކި އިޙްތިޖާޖުތަކާއި ކުރި މަސައްކަތުގެ ތެރެއިން އަޅުގަނޑުމެންގެ އާއްމު މެންބަރުންގެ އެތައް ބަޔަކަށް ޖިސްމާނީ އަނިޔާ ލިބިގެން ދިޔަތަން. އެތައް އާއްމު މެންބަރުން އެއްވެސް ޙައްޤެއް ނެތި ޖަލުތަކުގައި ބަންދުކުރެވުނުކަން.. އަޅުގަނޑުމެންގެ ވިސްނުމުގައި އެންމެ ބޮޑަށް ބަހައްޓަންވީ ކަމަކީ އަނެއްކާ ވެސް ރައީސް ޔާމީންގެ ވެރިކަމުގައި ހުރި ސިފަތައް އިޔާދަވިޔަ ނުދިނުމަށްޓަކައި އިޚްތިޔާރު ކުރައްވީ ކޮން ގޮތެއްތޯ." ރައީސް ޞާލިޙް ވިދާޅުވީ އެގޮތަކީ އެމްޑީޕީން 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރުން ކަމަށާއި އެކަންވާނީ ރައީސް ޞާލިޙް މި ޕްރައިމަރީގައި ކާމިޔާބުކޮށްގެން ކަމަށެވެ.
މިރޭ އެމްޑީޕީގެ ޖަގަހައިގައި ބޭއްވި ބައްދަލުވުމުގައި ތަސްމީނުގެ އިތުރުން ރައީސް ޞާލިޙަށް ތާއީދު ކުރައްވާ ބައެއް މެންބަރުންނާއި މިނިސްޓަރުން ވާހަކަފުޅު ދެއްކެވިއެވެ.
އެމްޑީޕީގެ ޕްރައިމަރީ ބޭއްވުމަށް ނިންމާފައިވަނީ އަންނަ މަހު 28 ވަނަ ދުވަހުއެވެ. ޕްރައިމަރީގައި ރައީސް ޞާލިޙާއި ވާދަ ކުރައްވާނީ ރައީސް ނަޝީދެވެ.