Saturday, 7 November 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

ފުރަތަމަ އިސްލާޙް ކުރަންވީ އަމިއްލަ ނަފްސު: އިމްރާން

ފުރަތަމަ އިސްލާޙް ކުރަންވީ އަމިއްލަ ނަފްސު: އިމްރާން

ޤައުމާއި ރައްޔިތުން އިސްލާޙުކޮށް، ހެޔޮމަގަށް ގެންނަން ބޭނުންވާ ނަމަ އެންމެ ފުރަތަމަ އިސްލާހުކުރަން ޖެހެނީ އެ މީހެއްގެ އަމިއްލަ ނަފުސު ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

"ގައުމާއި ރައްޔިތުން އިސްލާހުކޮށް، ހެޔޮމަގަށް ބަދަލުކުރައްވަން އެދިވަޑައިގަންނަވާ ފައްޓަވަން ޖެހޭ ހިސާބަކީ އަމިއްލަ ނަފުސު، އަމިއްލަ ނަފުސު އިސްލާހު ނުކޮށް ގައުމާއި ރައްޔިތުންނަށް ރަނގަޅު ގޮތް ހޯދައި ދޭނީ ކިހިނެއް ހެއްޔެވެ؟" ސަރުކާރު ކޯލިޝަނުގައި ހިމެނޭ އަދާލަތު ޕާޓީގެ ރައީސް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ އަމިއްލަ ނަފުސު އިސްލާހުކޮށް ހެޔޮލަފާ މީހަކަށްވުމަކީ ކޮންމެ މީހަކަށް ވެސް ކުރެވިދާނެ ކަމެއް ކަމަށެވެ.

Advertisement
Ooredoo — Square (box)

"އަނެކުންކުރާ ކަންކަމުގެ މައްޗަށް ބާރުފޯރުވުމުގެ ފުރުސަތު ކޮންމެ މީހަކަށް ނުލިބުނަސް، ތިމާގެ އަމިއްލަ އިސްލާޙްކޮށް ހެޔޮލަފާ މީހަކަށް ވުމަކީ ހަމަކޮންމެ މީހަކަށްކުރެވޭނެ ކަމެއް. ބޭނުންވަނީ އިޚްލާސްތެރި ނިޔަތަކާއި ސާބިތު އަޒުމެއް" އިމްރާން ކުރެއްވި އިތުރު ޓްވީޓެއްގައި ވިދާޅުވިއެވެ.

އިމްރާން މިފަދައިން ޓްވީޓް ކުރައްވާފައިވާއިރު، އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއާ ގުޅިގެން ރައީސް ނަޝީދު އަންނަނީ ރައީސް ޞާލިޙަށާއި ރައީސް ޞާލިޙަށް ތާއީދު ކުރައްވާ ފަރާތްތަކަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުންނެވެ. އިމްރާންގެ ޓްވީޓް ކުރެއްވީ މިސަބަބާހުރެ ކަމަށް ބެލެވެއެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް