ޚަބަރު ސިޔާސީ

ރައީސް ޔާމީންގެ ވެރިކަން ނިމުނުއިރުވެސް، 26 ބަނދަރެއްގެ މަސައްކަތް ހިނގަމުން ދިޔަ ކަމަށް މުޢިއްޒު ވިދާޅުވެއްޖެ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން
ކުރީގެ ހައުސިން މިނިސްޓަރު ޑރ.މުޙައްމަދު މުޢިއްޒު--

މި ސަރުކާރުން ނިންމެވި ކަމަށް ވިދާޅުވާ 47 ބަނދަރުގެ ތެރެއިން، 26 ބަނދަރަކީ ކުރީގެ ރައީސުލްޖުމްހޫރިއްޔާ ރައީސް ޢަބްދުﷲ ޔާމީނުގެ ވެރިކަމުގައި ފެއްޓެވި މަސައްކަތް ކަމަށް އޭރު ހައުސިން މިނިސްޓަރުކަން ކުރެއްވި، އަދި މާލޭގެ މޭޔަރު ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

Ads by MWSC

ޕީޕީއެމްގެ ނައިބު ރައީސްކަންވެސް ކުރައްވާ ޑރ.މުއިއްޒު މިހެން ވިދާޅުވީ މި ސަރުކާރުން މިހައިތަނަށް 47 ބަނދަރު ނިންމާފައިވާކަމަށް ހުޅުމާލެ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރު އަލީ ނިޔާޒު ވިދާޅުވުމާ ގުޅިގެންނެވެ.

ނިޔާޒު ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވީ ބަނދަރުގެ ބޭނުމަކީ އެތައް ބައެއް ދިރިއުޅުން އެއިން ބިނާކުރާ އޮޑިދޯނިފަހަރު ރަށު ބަނދަރުގައި އެޅުމަށްފަހު ރޭގަނޑު ހަމަނިދި ނިދައިލެވޭ ގޮތްވުން ކަމަށާއި، މި ވެރިކަމުގައި 47 ބަނދަރު ނިންމައި މިހާރުވެސް 36 ބަނދަރު ހަދަމުންދާ ކަމަށެވެ.

ނިޔާޒުގެ ޓުވީޓަށް ދެއްވި ރައްދުގައި ޑރ.މުއިއްޒު ވިދާޅުވީ ރައީސް ޔާމީނުގެ ވެރިކަމުގައި 108 ބަނދަރުގެ މަސައްކަތް އެއްކޮށް ނިންމައިލެވުނު ކަމަށާއި، އެމަނިކުފާނުގެ ސަރުކާރު ބަދަލުވިއިރުވެސް 26 ބަނދަރުގެ މަސައްކަތް ކުރަމުން ދިޔަ ކަމަށެވެ.

 

 

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!