ޚަބަރު ސިޔާސީ

ރައީސް ނަޝީދު، ރައީސް ޞާލިޙަށް: ވަގު ހަދައިގެން މޮޅެއް ނުވެވޭނެ

ފަތޯނާ ފާއިޒު ، ދެން އޮންލައިން

ވަގު ހަދައިގެން، އިންތިޚާބުން މޮޅު ނުވެވޭނެ ކަމަށް ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެެއެވެ.

Ads by STELCO

ރޭ ބޭއްވި ކެމްޕެއިިން ހަރަކާތުގައި ދެއްކެވި ވާހަކަފުޅުގައި ރައީސް ނަޝީދު ވިދާޅުވީ އެމްޑީޕީގެ ދަފްތަރުން 39،000 މެންބަރުން ކަނޑާލީ ވަގަށް ކަމަށެވެ. އެމީހުންނާއެކު، އެ މީހުންގެ ބަސް އަޑުއަހާނެ ޖުމްލަ 70،000 މެންބަރުންގެ ވޯޓު ސަރުކާރަށް ގެއްލިގެންދާނެ ކަމަށާއި އެއީ ސަރުކާރުން ހިންގި މުޑުދާރު އަމަލުގެ ނަތީޖާ ކަމުގައިވެސް ވިދާޅުވިއެވެ.

"އިންތިޚާބަކުން ވަގު ހަދައިގެން މޮޅެއް ނުވެވޭނެ. އެހެންނަމަ އަޅުގަނޑު ރައީސް އަރިހު ދަންނަވަން ބޭނުން، 2018ގައި ރައީސް ޔާމީނަށްވެސް މޮޅުވެވުނީސް. ހުރިހާ ވަސީލަތެއް ހުރި. ހުރިހާ ބާރެއް އޮތް. ހުރިހާ ސިޔާސީ ލީޑަރުން ތިބީ ބަންދުގައި. އެހެންނަމަވެސް ނަތީޖާ ނިކުތީ އިދިކޮޅަށް،" އިންތިޚާބުގައި ވަގު ހެދުމަށް މަސައްކަތް ނުކުރެއްވުމަށް ރައީސް ސޯލިހަށް ނަސޭހަތްތެރިވަމުން ނަޝީދު ވިދާޅުވިއެވެ.

.ރައީސް ނަޝީދު  އިތުރަށް ވިދާޅުވީ އެމްޑީޕީގެ 39،000 މެންބަރުން އެހެން ޕާޓީތަކަށް ވެއްދީ އެ މީހުން ކައިރީ އަހާވެސް ނުލައި ވަގަށް ކަމަށެވެ.

އެކަން ކުރީ އެމްޑީޕީގެ މިހާރުގެ ލީޑާޝިޕްގައި ތިއްބެވި ބޭފުޅުންނާއި ސަރުކާރާއި އިލެކްޝަންސް ކޮމިޝަންގެ މެންބަރުންނާ ގުޅިގެން ކަމަށްވެސް ނަޝީދު ތުހުމަތުކުރެއްވިއެވެ.

Ads by Ooredoo
  1. ހަބަރޭ

    ކިތަންމެ އަވަގުރާނައެއް ގޮވިއަސް ނަޝީދަކަށް މޮޅެއް ނުވެވޭނެ.

    • އަްއްޓް

      އަދި އަވަގުރާނެއް ނުގޮވާ އެހެންނުންތޯ
      ވޯޓް ލީމަ ދޯ ތިކަން އިނގޭނީ. ބަލަންތިބެމާ ބަހީ

  2. ވައްތާ

    ތީ އެންމެ ބޮޑު ވަގު

  3. އަވާ

    އިބޫކީއްވެގެންތާާ އަންނިއާޖައްސާލާގޮތައްް މަސައްކަތްކުރަނީީ ކިހާދެރަކަމެއްަ އަންނިި ކާމިޔާބުކުރާނެކަންް އިބޫގަބޫލްނުކުރަނީތަަ އަންނިއަކީީ ޕާޓީގެެ ވަރުގަދަަ ތަނބުު ދެންއަންނިީ ބޭކާރުމީހެއްގެެ ގޮތުގައިި ތިދައްކަނީކީއްވެެ

  4. މަބުރޫޖު

    މިމިހުރީ ރ ނަޝީދުއައިއެކު މިފަހަރު އެނގޭނެ ޕާޓީދެކެ ލޯބިވާމީހުން ޕާޓީ ކުދިންތައް ވިސްނާލަބަލަ ހިންގާލާނަމޭ ވަރަށްބާރަށް ދުއްވާދޭނަމޭ ޕާޓީގެ ގިޔަރު މެކުހަށްޖަހާނަމޭ ކިޔާފަގެނައީ ފައްޔާ ރިޔަލާ މިޒަމާނު ރިޔަލާ ފައްޔަކުން ކުރިއަށްނުކަނޑާނެ ދެންވެސް އެމީހުންގެ ދަޅައިގަ ނުޖެހީ ނަޝީދު ގެނައުމަށް ހުރިހަކުދިންވެސް މަސައްކަތް ކުރަންވީ