Saturday, 31 October 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

ތެޔޮ ބޯޓުން ގެއްލުނު މީހާ، މަރުގެ މައްސަލައެއްގައި ހައްޔަރުކޮށްފި

ތެޔޮ ބޯޓުން ގެއްލުނު މީހާ، މަރުގެ މައްސަލައެއްގައި ހައްޔަރުކޮށްފި

ވިލިމާލެއިން ތެޔޮ ބޯޓެއްގައި ފުރި ފަހުން ގެއްލިގެން ހޯދަމުންދިޔަ ދެ މީހުންގެ ތެރެއިން މުޙައްމަދު ނާޒިމް މަރުގެ މައްސަލައެއްގައި ހައްޔަރުކޮށްފިއެވެ.

ފުލުހުން ވިދާޅުވީ ގެއްލިގެން ހޯދަމުން ދަނިކޮށް ނާޒިމް ގެސްޓް ހައުސްއަކުން މިއަދު ފެނިފައިވާ ކަމަށެވެ.

އަދި ކޯޓު އަމުރެއްގެ ދަށުން އޭނާ މިއަދު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.

Advertisement
Ooredoo — Truecaller (box)

“އޭނާ ހައްޔަރުކޮށްފައިވަނީ އޭނާގެ މައްޗަށް ތުހުމަތު ކުރެވޭ މަރުގެ މައްސަލައަކާ ގުޅިގެން” ފުލުހުން ވިދާޅުވިއެވެ.

ވިލިމާލެއިން ތެޔޮ ބޯޓެއްގައި ފުރި ދެ މީހެއްގެ ހަބަރެއް ނުވެގެން އެމީހުން ހޯދުމުގެ މަސައްކަތް ފުލުހުން ފަށާފައިވަނީ މިދިޔަ މަހުގެ 28ވަނަ ދުވަހުއެވެ.

އަދި 29 ވަނަ ދުވަހުގެ ވަގުތެއްގައި އެ ބޯޓު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ހުންނަ ހުޅުލެ ނެރު ކައިރިން އޮޔާ ދަނިކޮށް ފެނިފައިވެއެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް