އިންތިހާބު ގާތްވާ ވަރަކަށް ދައްކާނެ ލައްކަ ވާހަކަ ހުންނާނެ: އިމްރާން

ރިޔާސީ އިންތިހާބު ގާތްވާ ވަރަކަށް ދައްކަން ލައްކަ ވާހަކަ ހުންނާނެ ކަމަށް އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.
އިމްރާން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އިންތިހާބު ގާތްވާ ވަރަކަށް ދައްކާނެ ވާހަކަތަކަށް އިންސާފު ކުރައްވާނީ ވޯޓު ދޭން ތިބި ރައްޔިތުން ކަމަށެވެ.
https://twitter.com/shimranab/status/1610242775827755008?s=46&t=sbS9JWLnjSoDu9SBu7MB6Q
އިމްރާން މިފަދައިން ވިދާޅުވެފައިވަނީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ މިމަހުގެ 28 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ދަނޑިވަޅެއްގައެވެ.
ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވަނީ ރައީސް އިބްރާހިމް މުހައްމަދު ޞާލިހުއާއި ރައީސް ނަޝީދުއެވެ.
އިންތިޚާބުގައި ދެބޭފުޅުންވެސް ގެންދަވަނީ ކެމްޕެއިން ހަރަކާތްތައް މާލެއާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރިއަށް ގެންދަވަމުންނެވެ.




.jpeg?prefix=media)


ކޮމެންޓް