Sunday, 1 November 2026
Advertisement
STO — McCoy (leaderboard)
ސިޔާސީ

ރައީސް ބައިވެރިވެވަޑައިގަންނަވާ ޖަލްސާގެ ހާޒިރީ ނަގާނެ ކަމަށް ވައްޑެ ތުހުމަތު ކޮށްފި

ރައީސް ބައިވެރިވެވަޑައިގަންނަވާ ޖަލްސާގެ ހާޒިރީ ނަގާނެ ކަމަށް ވައްޑެ ތުހުމަތު ކޮށްފި

ރައީސް އިބްރާހިމް މުހައްމަދު ޞާލިހު ބައިވެރިވެވަޑައިގަންނަވާ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ކެމްޕެއިން ޖަލްސާގައި މިރޭ ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުންނާއި ސިޔާސީ މަގާމުތަކުގައި ތިއްބަވާ ބޭފުޅުންގެ ހާޒިރީ ނަންގަވާނެކަމަށް އަޑު ފެތުރެން ފަށައިފި އެވެ.

އާޓިފިޝަލް ބީޗު ސަރަހައްދުގައި ހުންނަ އެމްޑީޕީގެ މައި ހަރުގޭގައި ބާއްވާ މިޖަލްސާ އޮންނާނީ މިރޭގެ 9:00 ގަ އެވެ. މިއީ ރައީސް ޞާލިހުގެ އަމިއްލަފުޅު ރިޔާސި ކެމްޕެއިންގެ ޖަލްސާގައި އެމަނިކުފާނު ބައިވެރިވެވަޑައިގަންނަވާ ފުރަތަމަ ފަހަރެވެ. މީގެ ކުރިން ޖަލްސާތަކާއި ދޮރުން ދޮރަށް ހިނގުން ކުރިއަށް ގެންގޮސްފައިވަނީ ރައީސް ޞާލިހުގެ ޣައިރު ހާޒިރުގައެވެ.

އެމްޑީޕީއަށް ނިސްބަތްވެވަޑައިގަންނަވާ ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑޭ) ވަނީ މިފަދަ މޭރުމަކުން ޓުވީޓެއް ކުރައްވައިފަ އެވެ. ވިދާޅުވީ މުވައްޒަފުންގެ ނަން ނޯޓުކޮށް ހާޒިރީ ނަގައިގެން ޖަގަހަ ޖަލްސާއަށް މީހުން ގެންދަން އެމްޑީޕީގެ ނަމުގައި ބަޔަކު މަސައްކަތް ފެށީމައި ނިކަން ލަދުވެތި ކަމަށެވެ.

Advertisement
HDC — Sidebar (box)

 

https://twitter.com/waddey_/status/1610298276074655745?t=RQzyCe7-DC03CwJi93QjLQ&s=19

ރައީސް ޞާލިހުގެ ޖަލްސާތަކުގައި ބައިވެރިވުމަށް އެމްޑީޕީގެ އާންމު މެމްބަރުންނަށް މަޖުބޫރު ކުރުވާކަމުގެ ތުހުމަތު ސޯޝަލް މީޑިއާގައި، އެހެން ބައެއް ފަރާތްތަކުންވެސް ކޮށްފައިވެއެވެ.

ޚާއްސަކޮށް ސަރުކާރު ވަޒީފާގައި ތިބި މުވައްޒަފުންނާއި އެމުވައްޒަފުންގެ އާއިލާތަކަށް މަޖުބޫރު ކުރުވާ ކަމަށާއި، ރައީސް ޞާލިހާއި ދެކޮޅަށް ނިކުންނަނަމަ ވަޒީފާއިން ވަކިކުރާނެކަމުގެ އިންޒާރުވެސް ދެމުން ގެންދާކަމަށް ވަނީ އަޑު ފެތުރިފައެވެ.

ރިޔާސީ ޕްރައިމަރީގެ ކެމްޕެއިން ފެށުމާއިއެކުހެން ރައީސް ޞާލިހު ވަނީ އައު އަހަރުގެ ޗުއްޓީއަށް ސްރީލަންކާއަށް ވަޑައިގެންފައެވެ.

މިމަހު 28 ގައި ބާއްވަން ތައްޔާރުވާ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ރައީސް މުހައްމަދު ނަޝީދުވެސް ވާދަކުރައްވަ އެވެ. ރައީސް ނަޝީދު ގެންދަވަނީ ކެމްޕެއިންގައި އެކި ރަށްރަށަށް ދަތުރު ކުރައްވަމުންނެވެ.

އަދި ވާހަކަފުޅު ދައްކަވާ ކޮންމެ ޖަލްސާއެއްގައި ރައީސް ޞާލިހަށް ތަފާތު ބަހުގެ ހަމަލާތައް ރައީސް ނަޝީދު ދެމުން ގެންދަވައެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް