ރ. މީދޫގައި ހޯމް ކަރަންޓީންގައި ހުރި މީހަކު ނިޔާވެއްޖެ
- ރ. މީދޫގައި ހޯމް ކަރަންޓީންގައި ހުރި މީހަކު މިއަދު ނިޔާވެއްޖެއެވެ.

ރ. މީދޫގައި ހޯމް ކަރަންޓީންގައި ހުރި މީހަކު މިއަދު ނިޔާވެއްޖެއެވެ.
"މީދޫ ޓައިމްސް" އިން ރިޕޯޓު ކޮށްފައިވާ ގޮތުގައި ނިޔާވެފައި ވަނީ އަންހެނެއް ކަމަށާއި އޭނާ ނިޔާވީ ރ. މީދޫ ސިއްޙީ މަރުކަޒުގައި ފަރުވާދެމުން ދަނިކޮށް މިއަދު ކަމަށެވެ.
ނިޔާވި ބަލި މީހަކީ އިންޑިޔާއަށް ބޭސްފަރުވާއަށް ގެންދިޔުމަށްފަހު އިތުރު ފަރުވާ ދެވެން ނެތުމުން އަނބުރާ ރަށަށް ގެނައި މީހެއް ކަމަށާއި އިންޑިޔާއަށް ބޭސްފަރުވާއަށް ގޮސް ހެދި ޓެސްޓު ކޮވިޑަށް ނެގެޓިވްވެފައިވާ ކަމަށް ވެސް އެ ނޫހުން ރިޕޯޓު ކޮށްފައިވެއެވެ.