Friday, 30 October 2026
Advertisement
HDC — Share-Below (leaderboard)
ސިޔާސީ

ޖަލަށް ވަނުމުގެ ވާދަވެރިކަން ބައެއް ފަރާތްތަކުގެ މެދުގައި އުފެދިގެންދާތަން އެބަ ފެނޭ: އިމްރާން

ޖަލަށް ވަނުމުގެ ވާދަވެރިކަން ބައެއް ފަރާތްތަކުގެ މެދުގައި އުފެދިގެންދާތަން އެބަ ފެނޭ: އިމްރާން

ޖަލަށް ވަނުމުގެ ވާދަވެރިކަން ބައެއް ފަރާތްތަކުގެ މެދުގައި އުފެދިގެންދާތަން ފެންނަމުންދާ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

މިނިސްޓަރ އިމްރާން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރިޔާސީ ކެންޑިޑޭޓެއް ކަމަށް ޝަރުތު ހަމަވަނީ ޖަލަށް ވަދެގެން ކަމަށް ދެކި ޖަލަށް ވަނުމުގެ ވާދަވެރިކަމެއް ބައެއް ފަރާތްތަކުގެ މެދުގައި އުފެދިގެންދާތަން ފެންނަމުންދާ ކަމަށެވެ.

https://twitter.com/shimranab/status/1610242775827755008?s=46&t=evnrdfw5rzAXKkdAscc99A

Advertisement
Ooredoo — Truecaller (box)

އަދި މިފަހަރު ކެންޑިޑޭޓުކަން ދެވެނީ އެކަމަށް ބަލައިގެން ނޫން ކަމަށް ބެލެވޭ ގިނަ ކަންކަން ފެންމަތިވަމުންދާ ކަމަށް އިމްރާން ވިދާޅުވިއެވެ.

އިމްރާން މިފަދައިން ވިދާޅުވެފައިވަނީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ މިމަހުގެ 28 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ދަނޑިވަޅެއްގައެވެ. ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވަނީ ރައީސް އިބްރާހިމް މުހައްމަދު ޞާލިހުއާއި ރައީސް ނަޝީދުއެވެ.

އިންތިޚާބުގައި ދެބޭފުޅުންވެސް ގެންދަވަނީ ކެމްޕެއިން ހަރަކާތްތައް މާލެއާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރިއަށް ގެންދަވަމުންނެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް