Thursday, 5 November 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

ޚިޔާލުފާޅުކުރުމުގެ މިނިވަންކަން އޮތްމިންވަރު ރޭ ފެނިގެންދިޔަ: ފަޒްނާ

ޚިޔާލުފާޅުކުރުމުގެ މިނިވަންކަން އޮތްމިންވަރު ރޭ ފެނިގެންދިޔަ: ފަޒްނާ

ރާއްޖޭގެ ޤާނޫން އަސާސީން ލިބިދީފައިވާ ޚިޔާލުފާޅު ކުރުމުގެ މިނިވަންކަން އޮތް މިންވަރު ރޭ ފެނިގެން ދިޔަ ކަމަށް ފަސްޓް ލޭޑީ، ފަޒްނާ އަހްމަދު ވިދާޅުވެއްޖެއެވެ.

ރޭ އެމްޑީޕީން، އެ ޕާޓީގެ ހަރުގޭގައި ރައީސް ޞާލިޙްގެ ކެންޕެއިން ޖަލްސާއެއް ކުރިޔަށް ގެންދެވިވަގުތު، އެތަނާ ޖެހިގެން އޮންނަ އާޓިފިޝަލް ބީޗްގައި އިދިކޮޅުން ވަނީ ޖަލްސާއެއް ކުރިޔަށް ގެންގޮސްފައެވެ. އަޑުގަދަ ކުރާ ބަހައްޓައިގެން އިދިކޮޅުން ދިޔައީ އެމްޑީޕީ ޖަލްސާގައި ވާހަކަ ދެއްކެވި ފަރާތްތަކުގެ ވާހަކަތަކަށް ރައްދު ދެއްވަމުންނެވެ.

މިކަމަށް އިޝާރާތް ކުރައްވާ މިއަދު ފަޒްނާ ފޭސްބުކްގައި ލިޔުއްވި ޕޯސްޓެއްގައި ވިދާޅުވީ، ރެއަކީ ވަރަށް ތާރީޚީ ރެއެއް ކަމަށެވެ.

Advertisement
Allied Insurance — Square (box)

"ވެރިކަންކުރާ މައި ޕާޓީއާއި ޕީޕީއެމްގެ ޖަލްސާއެއް، އެއްތަނެއްގައި ބޭއްވި ރެއެއް. ޚިޔާލުފާޅު ކުރުމުގެ މިނިވަންކަން ފެނިގެން ދިޔަ ރެއެއް. ހަމަނުޖެހުމެއް ނުހިނގާ. ބާރުގެ ބޭނުންކޮށް އިދިކޮޅު ޖަލްސާއަށް ހުރަހެއް ނާޅާ، ނުހުއްޓުވާ، ހައްޔަރެއް ނުކުރޭ." ފަޒްނާ ވިދާޅުވީ، ރޭ ފެނިގެން ދިޔަ ޙަޤީޤަތަކީ ރައީސް ޞާލިޙަކީ ކެތްތެރިކަމުގެ ލާމަސީލު މިސާލެއްކަން ކަމަށެވެ.

ރޭ ބޭއްވި ޖަލްސާއަކީ އެމަނިކުފާނުގެ ރިޔާސީ ޕްރައިމަރީ ކެންޕެއިން ޖަލްސާގެ ތެރެއިން އެމަނިކުފާނު ބޭއްވިވެވި ފުރަތަމަ ކެމްޕޭން ޖަލްސާއެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް