ޚަބަރު އިޖުތިމާޢީ

މަސްވެރިންނަށް ބޭނުންވާވަރަށް ތެޔޮ ފޯރުކޮށްދިނުމަށް މިފްކޯއާއި އެފްއެސްއެމްއާއެކު އެއްބަސްވުމެއް!

އާމިނަތު ސަޒްރާ ، ދެން އޮންލައިން

މަސްވެރިންނަށް ބޭނުންވާވަރަށް ތެޔޮ ފޯރުކޮށްދިނުމަށް މިފްކޯއާއި އެފްއެސްއެމްއާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

Ads by Hajj Corporation

މިފްކޯއިން މައުލޫމާތު ދިން ގޮތުގައި އެކުންފުނިން އެފްއެސްއެމްއާއި އެކު މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ މިމަހުގެ 3 ވަނަ ދުވަހުއެވެ. އަދި މިއެއްބަސްވުމުގެ ދަށުން  މިފްކޯ ކޫއްޑޫ އަދި ސ.ހުޅުހުމީދޫގެ ފިއުލް ޓާމިނަލް ހިންގުން އެފްއެސްއެމްގެ ދަށަށް ވަނީ ބަދަލުކޮށްފައެވެ. މި ބަދަލަކީ މިފްކޯގެ ސައިޓްތައް މެދުވެރިކޮށް މަސްވެރިންނަށް ފޯރުކޮށްދޭ ހިދުމަތްތައް ފުޅާކޮށް ތަރައްގީކުރުމަށް ގެނެވުނު ސްޓްރެޓެޖިކް ބަދަލެއްކަމަށާއި މި ބަދަލުގެ މައިގަނޑު މަގުސަދަކީ މަސްވެރިންނަށް ބޭނުންވާވަރަށް، މިފްކޯގެ ސައިޓުތަކުން ތެޔޮ ގަންނަން ލިބޭނޭގޮތް ހަމަޖައްސައިދިނުންކަމަށް މިފްކޯއިން ބުނެއެވެ. އަދި މިއެއްބަސްވުމުގެ ދަށުން އެފް.އެސް.އެމް ވަނީ، މިފކޯގެ ޓާމިނަލްތަކުގައި މަދުނުވާވަރަށް އަބަދުވެސް ތެޔޮލިބެން ހުންނާނެކަމުގެ ޔަގީންކަން ދެއްވާފައި ކަމަށާއި މި ބަދަލާއެކު މިފްކޯގެ މައިގަނޑު ވިޔަފާރި ކަމުގައިވާ، މަސް ޕްރޮސެސްކުރުން، ކުރިއެރުވުމަށް ހާއްސާ ސަމާލުކަމެއް ދެވިގެންދާނެކަމަށް އެކުންފުނިން ބުނެއެވެ.

މިފްކޯއިން ބުނިގޮތުގައި އެކުންފުނިން މިހާރު މަސްވެރިންނަށް ފައިސާ ދައްކަނީ ފިއުލް ބިލް އުނިކުރުމަށްފަހު ނަމަވެސް ކުރިއަށް އޮތްތަނުގައި ފިއުލް އޮޕަރޭޝަންތައް ފުރިހަމައަށް އެފްއެސްއެމްއާއި ހަވާލުވުމުން، މަސްވެރިން ފިއުލް ބިލް ދެއްކުމަށް ހަމަޖެހިފައިވާނީ ސީދާ އެފްއެސްއެމްއަށެވެ. މިއާއެކު މިފްކޯއިން މަސްވެރިންނަށް އެ ފަރާތްތަކުން ބާނާ މާހުގެ ޖުމްލަ ފައިސާ، ފިއުލްއަށް ނުކަނޑާ، ލިބިގެންދާނެ ކަމަށް އެކުންފުނިން ބުނެއެވެ.

މިއެއްބަސްވުމަށްފަހު ކުރިއަށް އޮތްތާންގައި، މަސްބިލުން ތެލަށްދައްކަންޖެހޭ ފައިސާ ނުކެންޑޭނޭކަމުން، ކްރެޑިޓް ފެސިލިޓީ ހަމަޖެހިފައިނުވާނަމަ، ތެޔޮ ގަތުމުގައި މަސްވެރިންނަށް އުނދަގޫތެކެއް ކުރިމަތިވެގެން ގޮސްދާނެތީ އެފްއެސްއެމް އިން އިލްތިމާސް ކުރަނީ ފަސޭހަކަމާއެކު ބަދަލުތައް ގެނައުމަށް ހުރިހާ މަސްވެރިން ވެސް ކްރެޑިޓް ފެސިލިޓީ އަށް މަހެއްހާ ދުވަހުގެ ތެރޭގައި ރަޖިސްޓްރީ ވުމަށް އެފްއެސްއެމްއިން ވަނީ އިލްތިމާސްކޮށްފައެވެ. އެހެންނަމަވެސް އަދި ޑީސަލްގެ އަގުތައް 'ފަހި ހަކަތަ' އެޕްލިކޭޝަންގައި ޝާއިޢުކޮށްފައިވާގޮތަށް ސަބްސިޑައިޒްޑް ރޭޓެއްގައި ލިބިގެންދާނެ ކަމަށްވެސް އެކުންފުނިން ބުނެއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!