Saturday, 31 October 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

ފިޔޯރީ އަލިފާނުގެ ހާދިސާ: 5 ކްލާސްރޫމެއް ބޭނުން ނުކުރެވޭ ވަރަށް އަނދައިފި

ފިޔޯރީ އަލިފާނުގެ ހާދިސާ: 5 ކްލާސްރޫމެއް ބޭނުން ނުކުރެވޭ ވަރަށް އަނދައިފި

ގދ. ފޮޔޯރީ ސްކޫލުގައި މިއަދު ހިނގި އަލިފާނުގެ ހާދިސާގައި 5 ކްލާސްރޫމެއް ބޭނުން ނުކުރެވޭ ވަރަށް އަނދައިފިއެވެ.

އެމްއެންޑީއެފުން ވިދާޅުވީ ގދ. ތިނަދޫ ފަޔަރ ސްޓޭޝަނުގެ ފަޔަރމަނުން 18:54 ގައި ގދ.ފިޔޯރީއަށް ގޮސްފައިވާ ކަމަށެވެ. އަދި އަލިފާން ރޯވެފައިވަނީ ފިޔޯރީ ސްކޫލުގައި ހޯލެއްގެ ގޮތުގައި ބޭނުންކުރަމުން އަންނަ އިމާރާތެއްގައި ކަމަށާއި އެ ހޯލުގައި ޕާޓިޝަން ޖަހައިގެން، ކިޔަވައިދިނުމަށް 5 ވަރަކަށް ކުލާސް ހަދާފައިވާ ކަމަށް އެމްއެންޑީއެފުން ވިދާޅުވިއެވެ.

“ މި ކުލާސްރޫމުތައް ވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދާފައި. އިމާރާތުގެ ފާރުން ބަޔަކާއި ފުރާޅުން ބައެއް ވެއްޓި އިމާރާތް ހުރީ ބަންދުވެފައި. ގދ.ތިނަދޫ ފަޔަރ ސްޓޭޝަނުގެ ފަޔަރމަނުން ގދ.ފިޔޯރީއަށް ދިޔައިރު އަލިފާން ހުރީ ކޮންޓްރޯލް ކުރެވިފައި” އެމްއެންޑީއެފުން ވިދާޅުވިއެވެ.

Advertisement
Ooredoo — Square (box)

މީގެ އިތުރުން އަލިފާން ރޯވާން މެދުވެރިވި ސަބަބު އަދި ދެނެގަނެވިފައި ނުވި ނަމަވެސް އަލިފާން ރޯވެފައިވަނީ އެތާގައި ހުރި ކަރަންޓު ޑިސްޓްރިބިޔުޝަން ބޯޑެއްގައި ކަމަށް އެ ސްކޫލުން ބުނެފައިވާ ކަމަށް އެމްއެންޑީއެފުން ވިދާޅުވިއެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް