Saturday, 31 October 2026
Advertisement
HDC — Share-Below (leaderboard)
ސިޔާސީ

ކުރިޔަށް އޮތް ދެތިން ހަފްތާގެ ތެރޭގައި ތުޅާދޫގައި އެއާޕޯޓު އަޅަން ހަވާލުކުރަނީ

ކުރިޔަށް އޮތް ދެތިން ހަފްތާގެ ތެރޭގައި ތުޅާދޫގައި އެއާޕޯޓު އަޅަން ހަވާލުކުރަނީ

ބ. އަތޮޅު ތުޅާދޫގައި އަޅަން ނިންމާފައިވާ އެއަރޕޯޓްގެ މަސައްކަތް ކުރިޔަށް އޮތް 2 ހަފްތާގެ ތެރޭގައި ބަޔަކާއި ހަވާލުކުރެވޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާ ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ބ.އޭދަފުއްޓަށް ވަޑައިގެން ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ޞާލިޙް ވިދާޅުވީ އެ އަތޮޅުގައި އެއާޕޯޓެއް އެޅުމަށް ވައުދުވެފައިވާނެ ކަމަށެވެ.

އަދި އެ ވައުދު ފުއްދުމަށްޓަކައި މިހާރު އޮތީ ކުޑަ ދުވަސްކޮޅެއް ކަމަށާއި ކުރިޔަށް އޮތް ދެތިން ހަފްތާގެ ތެރޭގައި އެކަން ކުރުމަށް ބަޔަކާ ހަވާލުކުރާނެކަމުގެ ޔަގީންކަން ދޭ ކަމަށް ރައީސް ޞާލިޙް ވިދާޅުވިއެވެ.

Advertisement
Allied — Dhen Online (box)

“ތުޅާދޫގައި އަޅުގަނޑުމެން އަޅަންވީ އެއަރޕޯޓްގެ އެ ވައުދު ފުރިހަމަކުރުމުގައި މިހާރު އޮތީ ކުޑަދުވަސްކޮޅެއް. އިރާދަކުރެއްވިއްޔާ ކުރިޔަށް މިއޮތް ދެތިން ހަފްތާގެ ތެރޭގައި އަޅުގަނޑުންމެން އެކަން ކުރުމަށް ބަޔަކާ ހަވާލުކުރާނެކަމުގެ ޔަގީންކަން އަޅުގަނޑު މިއަދު އަރުވަން." ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން މީހުން ދިރިއުޅޭ ކޮންމެ ރަށަކަށް ފުރައިގެން 30 މިނެޓުން ދެވޭނެ އެއަރޕޯޓެއް ތަރައްޤީކުރުމަކީ ސަރުކާރުގެ ރިޔާސީ ވައުދެއް ކަމަށާއި އެ މަޝްރޫއުގެ ދަށުން 4 އެއާޕޯޓެއްގެ މަސައްކަތް ކުރިޔަށްދާ ކަމަށް ރައީސް ޞާލިޙް ވިދާޅުވިއެވެ.

“އޭގެ ތެރެއިން އެއް އެއާޕޯޓު ނިމިފަ، މުލީ ކުރިޔަށްދަނީ. ފްރެސްމާތޮޑާ ކުރިޔަށް. މަގޫދޫ ކުރިޔަށް އެދަނީ. އިތުރަށް 4 އަތޮޅެއްގަ އެއާޕޯޓު އެޅުމަށް މަޝްވަރާ ކުރެވިފަ ވާނީ” ރައީސް ޞާލީހް ވިދާޅުވިއެވެ.

ރައީސް ޞާލިޙް ވަނީ ބ. އަތޮޅުގައި ތަރައްޤީކުރާ ދެވަނަ އެއަރޕޯޓްގެ މަސައްކަތް ވަރަށް އަވަހަށް ބަޔަކާއި ހަވާލުކުރައްވާނެކަމުގެ ޔަޤީންކަންވެސް ދެއްވާފައެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް