ކްރިމިނަލް ކޯޓަށް ދެ ގާޒީން ހޯދަނީ

ކްރިމިނަލް ކޯޓަށް ދެ ގާޒީން ހޯދަން އިއުލާންކޮށްފިއެވެ.
ކްރިމިނަލް ކޯޓުން ވިދާޅުވީ މި މަގާމަށް ޝަރުތުހަމަވާ ފަރާތްތަކުން މިމަހުގެ 24ވަނަ ދުވަހުގެ 12:00ގެ ކުރިން ފަހިރެސް ޕޯޓަލް މެދުވެރިކޮށް ހުށަހަޅަންވާނެ ކަމަށެވެ.
ގާޒީންގެ އަސާސީ މުސާރަ އަކީ މަހަކު 30،000ރުފިޔާއެވެ. މީގެ އިތުރުން ލިވިން އެލަވަންސްގެ ގޮތުގައި މަހަކު 15،000ރުފިޔާ އާއި ރިސްކް އެލަވަންސްގެ ގޮތުގައި މަހަކު 3،300ރުފިޔާ ލިބޭނެއެވެ.
ގާޒީންގެ ޝަރުތުތަކުގެ ތެރޭގައި ސިޔާސީ ޕާޓީއެއްގެ މެމްބަރު ކަމުގައި ނުވަތަ ސިޔާސީ ޕާޓީއެއްގައި ހަރަކާތްތެރިވެފައިވާ މީހަކަށް ނުވުން، ޖިނާއީ ކުށެއް ސާބިތުވެ ހުކުމް ތަންފީޒު ކުރަމުންދާ މީހަކަށް ނުވުން، އިސްލާމީ ޝަރީޢާ ނުވަތަ ޤާނޫނު ނުވަތަ ޤާނޫނާއި އިސްލާމީ ޝަރީޢާގެ ރޮނގުން ފުރަތަމަ ޑިގްރީ ޙާޞިލުކޮށްފައިވުން ހިމެނެއެވެ.