އުމްރާ ކުރުމަށް މައްކާގައި ހުރި ދިވެއްސަކު ނިޔާވެއްޖެ

އުމްރާއަށް ގޮސް ހުރި ދިވެހި އަންހެނަކު ނިޔާވެއްޖެއެވެ.
ނިޔާވެފައިވަނީ އުމުރުން ގދ. ފަރެސްމާތޮޑާ ދިލްދާރުގެ އާމިނަތު ރަޝީދާއެވެ. އޭނާގެ އުމުރަކީ 84 އަހަރެވެ.
އާމިނަތު ރަޝީދާއަކީ ކަމަނަ އަލްހައްޖު ވަލްއުމްރާ ގުރޫޕްގެ ހަވާލުގައި އުމްރާއަށް ދިޔަ މީހެކެވެ. އެ ގްރޫޕޫން ވިދާޅުވީ އުމްރާގެ އަޅުކަން އަދާކުރުމަށް އޭނާ މައްކާއަށް ގޮސްފައިވަނީ ޑިސެމްބަރު މަހުގެ 29ވަނަ ދުވަހު ކަމަށެވެ.
އަދި އާމިނަތު ރަޝީދާ ނިޔާވީ އިއްޔެ މައްކާ ގަޑިން 11:55 ގައި ކަމަށް އެ ގްރޫޕުން ވިދާޅުވިއެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުގައި މިއަދުގެ އަސްރު ނަމާދަށް ފަހު މައްކާގެ ހަރަމްފުޅުގައި އާމިނަތުގެ މައްޗަށް ކަށު ނަމާދު ވަނީ ކޮށްފައެވެ.
ނިޔާވެފައިވަނީ އުމުރުން ގދ. ފަރެސްމާތޮޑާ ދިލްދާރުގެ އާމިނަތު ރަޝީދާއެވ؟؟؟؟