Wednesday, 4 November 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

އަލިފާނުގެ ހާދިސާގެ ދުމުގެ އަސަރު ކޮށްގެން ބައެއް މީހުން ހޮސްޕިޓަލަށް ގެންގޮސްފި

އަލިފާނުގެ ހާދިސާގެ ދުމުގެ އަސަރު ކޮށްގެން ބައެއް މީހުން ހޮސްޕިޓަލަށް ގެންގޮސްފި

އޯކިޑް މަގުގައި ހިންގާ އީވިން ކެފޭގައި ރޯވެފައިވާ އަލިފާންގަނޑުގެ ދުމުގެ އަސަރުކޮށްގެން ބައެއް މީހުން ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދޭން ފަށައިފިއެވެ.

މައުލޫމާތު ލިބިފައިވާގޮތުގައި އެސަރަހައްދުގައި ހުރި ގެތަކުން މީހުން ހުސްކޮށްފައިވާއިރު އަލިފާން ރޯވި އިމާރާތުގައި ބައެއް މީހުން ތާށިވެފައި އެބަ ތިއްބެވެ.

މިހާރު އަލިފާންގަނޑު ވަނީ ކޮންޓްރޯލްކޮށްފައެވެ. އެހެންނަމަވެސް އަލިފާނުގެ ހާދިސާގެ ސަބަބުން ބޮޑު ސަރަހައްދެއް ވަނީ އާއްމުންނަށް ނުވަދެވޭނެހެން ބަންދުކޮށްފައެވެ.

Advertisement
Ooredoo — Truecaller (box)

އޯކިޑް މަގު އީވްނިންކެފޭގައި ހިނގި މި ހާދިސާގައި އެއިމާރާތާއި ޖެހިގެން ހުރި އިމާރާތުގެ މަތީގައި ވެސް ވަނީ އަލިފާން ހިފާފައެވެ. އެމްއެންޑީއެފް އިން މައުލޫމާތު ދިން ގޮތުގައި މި ހާދިސާ ރިޕޯޓުކޮށްފައި ވަނީ މިއަދު އިރުއޮއްސި 18:12 ގައެވެ.

އަލިފާން ރޯވެފައި ވަނީ އެ ކެފޭގެ ބަދިގޭގައި ކަމަށާއި އަލިފާން ނިއްވާލުމަށް މިހާރު މަސައްކަތް ކުރަމުންދާ ކަމަށް އެމްއެންޑީއެފްއިން ވިދާޅުވިއެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް