އެމްޑީޕީގެ ސިޔާސަތަކީ އިގްތިސާދީ މަސައްކަތްތައް ހަރަކާތް ގެނެވޭވަރުގެ އާބާދީތައް އެއްކޮށް ގުޅާލުން: ނަޝީދު
އެމްޑީޕީގެ ސިޔާސަތަކީ އާބާދީތަކުގެ ތެރެއިން އިގްތިސާދީ މަސައްކަތްތައް ހަރަކާތް ގެނެވޭވަރުގެ އާބާދީތައް އެއްކުރުން ގުޅާލުން ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕޭނުގައި މިއަދު ލ.ހިތަދޫގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ނަޝީދު ވިދާޅުވީ އެމްޑީޕީގެ ސިޔާސަތަކީ ދަތުރުފަތުރުގެ ނިޒާމަކުން ގުޅާލެވެން ހުރިތަންތަން އެގޮތަށް ގުޅުން އެނޫން ގޮތްގޮތަށް ގުޅެން ހުރި ތަންތަން އެނޫން ގޮތްގޮތަށް ގުޅުންކަމަށެވެ.
"އެމްޑީޕީގެ ސިޔާސަތަކީ އާބާދީތަކުގެ ތެރެއިން އިގްތިސާދީ މަސައްކަތްތައް ހަރަކާތް ގެނެވޭ ވަރުގެ އާބާދީތައް އެއްކުރުން ގުޅާލުން ދަތުރުފަތުރުގެ ނިޒާމަކުން ގުޅާލެވެން ހުރިތަންތަން އެގޮތަށް ގުޅުން އެނޫން ގޮތްގޮތަށް ގުޅެން ހުރި ތަންތަން އެނޫން ގޮތްގޮތަށް ގުޅުން އެމްޑީޕީ އަބަދުވެސް ދެކެމުން އައީ ރަށެއްގެ ތަރައްގީ އޮތީ އަމިއްލަ ވިޔަފާރިވެރިންގެ ފައިދާ އިތުރުވެ އެމީހުނަށްވެސް ތަނަވަސްކަން ލިބިގެން އެއުފެދޭ ވަޒީފާގެ ފުރުސަތުންނޭ. އެހެންނަމަވެސް އަޅުގަނޑުމެންނަކަށް މިކަމެއް ނުހިންގުނު." ނަޝީދު ވިދާޅުވިއެވެ.
އެމްޑީޕީގެ ސިޔާސަތުތަކާއި ބެހޭގޮތުން އިތުރަށް ވާހަކަ ދައްކަވަމުން ނަޝީދު ވިދާޅުވީ އެމްޑީޕީގެ މެނިފެސްޓޯގައި ހިތަދޫ އާއި ކުނަހައްދޫ ގުޅާލުމުގެ ވައުދު އޮންނާނެކަމަށާއި އެއީ މަޖަލަކަށް ދެއްކެވި ވާހަކަފުޅެއް ނޫންކަމަށެވެ.
"އަޅުގަނޑުމެންގެ މެނިފެސްޓޯގައި އަޅުގަނޑުމެން ވައުދުވީން ހިތަދޫގާއި ކުނަހައްދޫއާއި ގުޅާލުމުގެ މަސައްކަތް އަޅުގަނޑޫމެން ކުރާނަމޭ. އެއީ އަޅުގަނޑުމެން މަޖަލަކަށް ބުނި ވާހަކައެއްވެސް ނޫން އަދި ގުޅާލާފައި އޮންނަ މަގު ރީތިވެދާނެތީ ބުނި ވާހަކައެއްވެސް ނޫން." ނަޝީދު ވިދާޅުވިއެވެ.
ނަޝީދު ވިދާޅުވިގޮތުގައި މިކަންކަން މިސަރުކާރަށް ހިނގިފައިނުވާ ކަމަށާއި އެކަންކަން ދިޔައީ ރައީސް މައުމޫނުގެ ދައުރުގައި ކަޑަ ޖަހާ އުސޫލުން އެކަންކަން ދިޔުމުންނެވެ. އަދި އެކަޑަތަކުން ވީކަމެއް ނެތްކަމަށާއި އެކަޑަތައް މިހާރު ބޮޑެތި ނިކަގަސްގަހަށް ވެފައިވާކަމަށެވެ.
އާބާދީ އެއްފަސްކުރީމާ އިޖުތިމާއީ މައްސަލަތައް ބޮއްސުންލާނެކަން މި މޮޔަ މީހާއަށް ނޭނގޭތަ