މުނިފޫހިފިލުވުން

ނިކް އަށް ޕްރިޔާންކާ އޭނަގެ ބުރަކަށި މަތީގައި ބައިންދައިގެން ވެސް ޕުޝަޕް ހެދޭ

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ބޮލީވުޑް އަދި ހޮލީވުޑްގެ މަޝްހޫރު ތަރި ޕްރިޔާންކާ ޗޯޕްރާ ޖޯނަސް އާއި އޭނާގެ ފިރިމީހާ ނިކް ޖޯނަސް ގެ ރޮމޭންސްގެ ވާހަކައަކީ ގިނަ ބަޔަކު އަޑުއަހާ ފޫހިނުވާ ވާހަކައެކެވެ.

Ads by STELCO

އެގޮތުން އެދެމަފިރިން އެކުގައި ލޯބިން ވަރަށް ގިނަ ކަންކަން ކުރަމުން އަންނައިރު، ދާދި ފަހުން ޕްރިޔާންކާ މިވަނީ އޭނާގެ އިންސްޓަގްރާމްގައި އަނެއްކާވެސް އެދެމަފިރިން އެކުގައި ހޭދަކުރި ވަގުތުކޮޅެއް މުޅި ދުނިޔެއާއި ހިއްސާ ކޮށްފައެވެ.

އެގޮތުން އެޕޯސްޓުގައި ފެންނަނީ، ނިކް ޕުޝަޕް ހެދިއިރު އޭނަގެ ބުރަކަށި މަތީގައި ޕްރިޔާންކާ ވަރަށް އުފަލުން އިށީނދެގެން އިން މަންޒަރެވެ. ޕޯސްޓުގައި އޭނާ ލިޔެފައިވަނީ ޕުޝަޕް ހެދުމަކީ އޭނަގެ އެންމެ "ފޭވަރިޓް" ކަސްރަތު ކަމަށެވެ.

އެޕޯސްޓު ފެނިފައި ޕްރިޔާންކާއާއި ނިކްގެ ފޭނުން ވަނީ ވަރަށް އުފާވެ، އެދެމަފިރިންނަށް ހެޔު ދުއާ ފޮނުވާފައެވެ.

ޕްރިޔާންކާއާއި ނިކް މިވަގުތު ދިރިއުޅެމުންދަނީ ލޮސް އެންޖަލިސް ގައެވެ. އެދެމަފިރިން ފުރަބަންދުގެ ދުވަސްތައް ހޭދަ ކުރަމުން ދަނީ އެކުއެކީގައި އެމީހުން ގެންގުޅޭ "ޕެންޑާ" ނަމަކަށް ކިޔާ ކުއްތާ އާއިވެސް އެކީގައެވެ.

ކޮވިޑްގެ ހާލަތާއި ގުޅިގެން ޕްރިޔާންކާއަށް އިންޑިއާގައި ތިބި އޭނާގެ އާއިލާއާއި ދުރުގައި ހުންނަން ޖެހިފައިވިޔަސް ކޮންމެ ދުވަހަކު ވެސް "ޒޫމް" މެދުވެރިކޮށް އާއިލާއާއި ވާހަކަ ދައްކާ ކަމަށް ޕްރިޔާންކާ ބުނެފަައިވެއެވެ.

ޕްރިޔާންކާ ބުނެފައިވަނީ ކޮވިޑްގެ ބަލިމަޑުކަން އެންމެ ފުރަތަމަ ފެތުރެން ފެށީއްސުރެ އޭނާއާއި އޭނަގެ ފިރިމީހާ ވަރަށް ރައްކާތެރިވެގެން އުޅޭ ކަމަށެވެ. ސަބަބަކީ ޕްރިޔާންކާ އަކީ ނޭވާހިއްލާ މީހަކަށް ވެފައި، ނިކް އަކީ ހަކުރުބަލި ހުންނަ މީހެއް ކަމުގައިވުން ކަމަށް ވެސް ޕްރިޔާންކާ ބުނެފައިވެއެވެ. އެހެންކަމުން މިއަހަރުގެ ފެބްރުއަރީ މަހުން ފެށިގެން ޕްރިޔާންކާ އިންޑިއާ އަށް އޭނަގެ އާއިލާ ކައިރިއަށް ނުދާކަމަށް ވެސް ބުނެފައިވެއެވެ.

Ads by HDC
  1. ާއައިންތު

    ޕްރިޔަންކާ ވަރަށް ލުއި އޯ ނިކް ބުނީ