Saturday, 7 November 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

ގޭގައި ހުންނަން ވަރަށް ފަސޭހަ، ނަމަވެސް ކުރިމަތި ލީ އެމްޑީޕިއަށްޓަކައި: ރައީސް ޞާލިޙް

ގޭގައި ހުންނަން ވަރަށް ފަސޭހަ، ނަމަވެސް ކުރިމަތި ލީ އެމްޑީޕިއަށްޓަކައި: ރައީސް ޞާލިޙް

މި ދައުރަށް ރިޔާސީ އިންތިޚާބަށް ނުނިކުމެ، ގޭގައި މަޑުކޮށްލައިގެން ހުންނަން ފަސޭހަވާނެ ކަމަށާއި ނަމަވެސް ރިޔާސީ އިންތިޚާބަށް ކުރިމަތިލެއްވީ މޯލްޑިވްސް ޑިމޮކްރެޓިކް ޕާޓީ، އެމްޑީޕީއަށްޓަކައި ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ރައީސް ޞާލިޙް މިހެން ވިދާޅުވީ، އެމްޑީޕީގެ ޕްރައިމަރީގައި މިހާރު އަތޮޅު ތެރެއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އައްޑު އަތޮޅަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން މަރަދޫ ފޭދޫއަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާ ބައްދަލު ކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.

"ވަރަށް ފަސޭހަ އަޅުގަނޑަށް ރިޔާސީ ދައުރެއް ނިންމާލާފައި ގޭގައި ހުންނަން. އެއްވެސް ކަމެއް ނޫން." ރައީސް ޞާލިޙް ވިދާޅުވީ، ކުރިޔަށް އޮތް ރިޔާސީ އިންތިހާބު ހަމައެކަނި އެމްޑީޕީގެ ތާއީދު އޮވެގެން ކާމިޔާބު ނުކުރެވޭނެ ކަމަށާއި އެ އިންތިހާބު ކާމިޔާބު ކުރެވޭނީ ރައްޔިތުންގެ ތާއީދާއެކުގައި ކަމަށް ރައީސް ވިދާޅުވިއެވެ. އެހެންކަމުން އެމްޑީޕީއާއެކު އިތުރު އެހެން ބައެއްގެ ތާއީދުވެސް ހޯދަން ޖެހޭ ކަމަށް ރައީސް ވިދާޅުވިއެވެ.

Advertisement
Ooredoo — Truecaller (box)

"އަޅުގަނޑު މަޖިލީހުގައި 25 އަހަރު އުޅެފިން، ރިޔާސީ ދައުރެއް ނިމުނީ، ދެން ކީއްކުރަންތޯ؟ އެހެންނަމަވެސް މި ޕާޓީއަށް ޓަކައި، އަޅުގަނޑުމެންގެ ވައުދުތައް ފުއްދުމަށްޓަކައި މިކަން ކުރަން އެބަޖެހޭ."

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ބޭއްވުމަށް ހަމަޖެހިފައިވަނީ މިއަހަރު 28ވަނަ ދުވަހުގައެވެ. ރައީސް ޞާލިޙާ ވާދަ ކުރައްވަނީ ރައީސް ނަޝީދެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް