Friday, 6 November 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

އާރަށް މައްސަލައިގެ ޙުކުމްގެ ތަފްސީލު ރިޕޯޓު ދޫކޮށްފި

އާރަށް މައްސަލައިގެ ޙުކުމްގެ ތަފްސީލު ރިޕޯޓު ދޫކޮށްފި

ވ. އާރަށު މައްސަލައިގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ކްރިމިނަލް ކޯޓުން ކުރެއްވި ޙުކުމްގެ ތަފްސީލް ރިޕޯޓް މިއަދު ދޫކޮށްފިއެވެ.

ރައީސް ޔާމީންގެ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ އާދަމް ޝަމީމް ވަނީ މިއަދު ރިޕޯޓް ލިބިފައިވާ ކަމަށް ވިދާޅުވެފައެވެ.

އާރަށު މައްސަލައިގައި ޔާމީންގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ކަނޑައަޅައި އެމަނިކުފާނު 11 އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ޙުކުމް ކުރީ މިދިޔަ މަހުގެ 25 ވަނަ ދުވަހުއެވެ.

Advertisement
Allied Insurance — Square (box)

ތަފްސީލް ރިޕޯޓް ހޯދުމަށް ގާނޫނީ ވަކީލުންގެ ޓީމުން ހަމަ އެ ދުވަހު ކޯޓަށް ހުށަހަޅާފައިވެއެވެ.

ގިނަ ދުވަސްތަކެއް ފަހުން، ޙުކުމްގެ ތަފްސީލު ރިޕޯޓް ލިބުނުއިރު، ރައީސް ޔާމީންގެ ޝަރީއަތުގެ ހުލާސާ ރިޕޯޓު ވެސް ލިބުނީ ޤާނޫނުގައި އެ ރިޕޯޓު ދޭން ކަނޑައަޅާފައިވާ މުއްދަތު ފަހަނައަޅައި ދިޔަ ފަހުން ކަމަށްވެސް ވަކީލުން ވިދާޅުވެއެވެ.

ރައީސް ޔާމީންގެ ގާނޫނީ ޓީމުގައި ހިމެނޭ ގާނޫނީ ވަކީލް އަބްދުﷲ ޝިޔާޒު މީގެކުރިން ވިދާޅުވި ގޮތުގައި ރައީސް ޔާމީންގެ މައްސަލަ އިސްތިއުނާފް ނުކުރެވިގެން އުޅެނީ އިސްތިއުނާފް މަރުހަލާއަށް ބޭނުންވާ އެއް މަސްދަރު ކަމަށްވާ ދެފަރާތުން ޝަރީއަތުގައި ދެއްކި ވާހަކަ ހިމެނޭ މަޙްޟަރު ބަޔާންތައް ހުލާސާ ރިޕޯޓުގައި ނެތުމުންނެވެ.

ރައީސް ޔާމީނަށް ދަށު ކޯޓުން އިއްވާފައިވާ ހުކުމް ހައިކޯޓުގައި އިސްތިއުނާފުކުރުމަށް 60 ދުވަހުގެ މުހުލަތެއް ލިބޭނެ އެވެ

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް