ރިޔާސީ އިންތިހާބު ކާމިޔާބު ކުރާނީ އެއް ބުރުން ކަމަށާއި އެކަން ކުރާނެ ފޯމިއުލާ އެބައޮތް ކަމަށް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
އައްޑޫ ސިޓީއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދު ހުޅުމީދޫ އަށް ވަޑައިގެން ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ޞާލިޙް ވިދާޅުވީ ސަރުކާރެއް އެއްބުރުން އެކުލަވާލެވޭ ވަރުގެ ފޯމިއުލާއެއް އެބައޮތް ކަމަށާއި ޕްރައިމަރީ ކާމިޔާބުވެއްޖެ ނަމަ ރިޔާސީ އިންތިހާބުގައި ދެވަނަ ބުރަކަށް ދާންޖެހޭ ސަބަބެއް ނެތް ކަމަށެވެ.
އަދި ވެރިކަން ގެއްލިއްޖެނަމަ އެނބުރި ވެރިކަމަށް އައުމަށް ނަގާނީ ކިހާ ދުވަހެއް ކަމެއް ނޭނގޭ ކަމަށާއި ކުރިޔަށްއޮތް ރިޔާސީ އިންތިހާބު ކާމިޔާބު ކުރެވޭނެ ފޯމިއުލާ އަކީ އެމްޑީޕީއާ އެ ޕާޓީއަށް ތާއީދު ކުރާ ބަަޔަކާ އެކީ އެކުލަވާލެވޭ ސަރުކާރެއް އުފެދޭ ގޮތަށް އެކަން ކުރުން ކަމަށް ރައީސް ޞާލިޙް ވިދާޅުވިއެވެ.
“އަޅުގަނޑު މި އަންނަނީ އެކަން ހާމަ ކޮށްދެމުން. ޕްރައިމަރީގައި އަޅުގަނޑަށް ކާމިޔާބު ކުރެވިއްޖެ ނަމަ އިރާދަކުރެއްވިއްޔާ ކުރިޔަށް އޮތް މިއޮތް ޕްރައިމަރީ އަޅުގަނޑުމެންނަށް ބޮޑުތަނުން ކާމިޔާބު ވާނެ. އެއާއެކުގައި ސަރުކާރެއް އެއްބުރުން އެކުލަވާލެވޭ ވަރުގެ ނަތީޖާއެއް ނެރެވޭ ފޯމިއުލާއެއް އަޅުގަނޑުމެން އަތުގައި އެބައޮތް" ރައީސް ޞާލިޙް ވިދާޅުވިއެވެ.
މީގެ އިތުރުން ޕްރައިމަރީ ބޮޑުތަނުން ކާމިޔާބު ކުރައްވާނެ ކަމަށާއި އެ ކާމިޔާބީގައި އައްޑޫ ސިޓީ އެކަހެރިވެ، ބާކީވެފައި އޮތުމަކީ އެދޭ ކަމެއް ނޫން ކަމަށް ރައީސް ޞާލިޙް ވިދާޅުވިއެވެ.
އެއްބުރުު ކާމިޔާބުކުރެވޭނެެ ހަމައެކަނިި ފޯމިއުލާއަކީީ ގިނަބަޔަކައްް ވޯޓްނުލެވޭނެެ ގޮތެއްހަދާފަަ އެމީހުންގެެ ބަދަލުގަަ އިބޫގެެ ނުފޫޒުންް ނާންނަމީހުންގެެ ވޯޓްތައްް ފޭރިގަތުންް