Friday, 30 October 2026
Advertisement
Ooredoo — Airfibre (leaderboard)
ސިޔާސީ

ރައީސް ވިދާޅުވަނީ، ނިމުނު މަޝްރޫޢުތަކުގެ ލިސްޓު މާ ދިގު ކަމަށް

ރައީސް ވިދާޅުވަނީ، ނިމުނު މަޝްރޫޢުތަކުގެ ލިސްޓު މާ ދިގު ކަމަށް

ސަރުކާރުގެ މަޝްރޫޢުތައް ނުނިމޭ ކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލީހުގެ ރައީސް، އަދި އެމްޑީޕީ ރިޔާސީ ޕްރައިމަރީގައި ވާދަކުރަައްވާ އެ ޕާޓީގެ ރައީސް މުޙައްމަދު ނަޝީދު ދައްކަވާ ވާހަކަފުޅުތަކަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ރައްދު ދެއްވައިފިއެވެ.

މިމަހުގެ 28 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕެއިންގައި މާލޭގައި ދާދިފަހުން ބޭއްވި ހަރަކާތެއްގައި ވާހަކަފުޅު ދައްކަވަމުން ނަޝީދު ވިދާޅުވީ އަބަދުވެސް އިވެނީ ވަރަށް އަވަހަށް ކަންކަންވާނެ ވާހަކަތަކުގެ އަޑުކަމަށެވެ.

ނަމަވެސް ފެންނަމުން ދަނީ ރާއްޖޭގެ ހުރިހާ ރަށެއްގައި ވެސް ތަރައްގީގެ މަޝްރޫއުތައް މަޑުޖެހިފައިވާ ތަން ކަމަށާއި، އަންނަނީ އަންނަނީ ކަމަށް ބުނާއިރު، އެ ބުނާ ފިލްމެއް ނުފެނުނު ކަަމަށްވެސް އެ މަނިކުފާނު ވިދާޅުވިއެވެ.

Advertisement
Ooredoo — Truecaller (box)

ރައީސް ނަޝީދަށް ދެއްވި ރައްދުގައި، ރައީސް ޞާލިޙު ވަނީ ހަމައެކަނި މީދޫ އަދި ހުޅުމީދޫ އަށް ބަލާލުމުން ވެސް ފެންނަނީ ކަންކަން ނިމިފައިވާތަން ކަމަށް ވިދާޅުވެފައެވެ. އެމަނިކުފާނު ރައީސް ނަޝީދަށް މި ރައްދު ދެއްވީ އައްޑޫ ސިޓީ މީދޫގައި ބޭއްވި ކެމްޕެއިން ހަރަކާތުގައެވެ.

އެމަނިކުފާނު ވަނީ ނިމިއްޖެ ކަމަށް ބުނެ ދެއްކޭން އޮތް ލިސްޓު މާ ބޮޑަށް ދިގުކަމަށްވެސް ވިދާޅުވެފައެވެ.

"ހުޅުމީދޫ އަށް ބެލިނަމަވެސް ބުނެލަން އޮތް އެއްޗަކީ ނިމިއްޖެ، ނިމިއްޖެ، ނިމިއްޖޭ." ރައީސް ވިދާޅުވިއެވެ.

 

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް