Friday, 6 November 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

ކާނި ހޮޓެލްސްއިން، 180 މުވައްޒަފުންގެ ސާވިސް ޗާޖަށް އެއް މިލިއަން ރުފިޔާ ދީފި

ކާނި ހޮޓެލްސްއިން، 180 މުވައްޒަފުންގެ ސާވިސް ޗާޖަށް އެއް މިލިއަން ރުފިޔާ ދީފި

ފުޅާ ދާއިރާއެއްގައި ގެސްޓް ހައުސް ވިޔަފާރި ކުރާ ކާނި ހޮޓެލްސް އިން ސާވިސް ޗާޖުގެ ގޮތުގައި އެ ކުންފުނީގެ 180 މުވައްޒަފުންނަށް 75،600 ޑޮލަރު ދީފިއެވެ.

އެއީ ދިވެހި ރުފިޔާއިން ބަލާނަމަ، 1.1 މިލިއަން ރުފިޔާއެވެ.

ކާނި ހޮޓެލްސް އިން ވަނީ އެ ގެސްޓް ހައުސްގެ ކޮންމެ މުވައްޒަފަކަށް މިދިޔަ މަހުގެ ސާވިސް ޗާޖުގެ ގޮތުގައި 420 ޑޮލަރު ދީފައެވެ. އެއީ 6،476 ރުފިޔާއެވެ.

މިއީ ގެސްޓް ހައުސް އަކުން މިހާތަނަށް މުވައްޒަފުންނަށް ދިން އެންމެ ބޮޑު ސާވިސް ޗާޖެވެ. އަދި މިއީ ރާއްޖޭގެ ބައެއް ރިސޯޓުތަކުން ވެސް ސާވިސް ޗާޖުގެ ގޮތުގައި ދެމުން އަންނަ އަދަދެކެެވެ.

Advertisement
Allied — Dhen Online (box)

ކާނި ހޮޓެލްސްއިން މާފުށީގައި ހަތަރު ހޮޓަލެއް ހިންގައެވެ.  އަދި އެއް ހޮޓެލް މާލޭގައި އަންނަނީ ހިންގަމުންނެވެ. ކާނި ހޮޓެލްގައި 180އަށް ވުރެ ގިނަ މުވައްޒަފުން އަންނަނީ މަސައްކަތްކުރަމުންނެވެ.

   

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް