Friday, 30 October 2026
Advertisement
STO — McCoy (leaderboard)
ސިޔާސީ

އެމްޑީޕީ ރިޔާސީ ޕްރައިމަރީ: ދެ ރައީސުންގެ ދަތުރުފުޅުތައް

އެމްޑީޕީ ރިޔާސީ ޕްރައިމަރީ: ދެ ރައީސުންގެ ދަތުރުފުޅުތައް

ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއަށް ދެ ހަފްތާއަށްވުރެ ކުޑަ ދުވަސްކޮޅަކަށް ވެފައިވަނިކޮށް، މި އިންތިޚާބުގައި ވާދަ ކުރައްވާ، އެ ޕާޓީގެ އިސް ލީޑަރު، އަދި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙާއި، ޕާޓީގެ ރައީސް، އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް އެކި ސަރަހައްދުތަކަށް ދަނީ ދަތުރުފުޅު ކުރައްވަމުންނެވެ.

"ދެން"އަށް މަޢުލޫމާތު ލިބިފައިވާގޮތުގައި މިއަދު ރައީސް ހއ.ހޯރަފުއްޓަށްވަޑައިގަންނަވާނެއެވެ. އަދި މި ދަތުރުފުޅުގައި ހއ، ހދ، ށ. އަތޮޅުގެ ރަށްތަކަށްވެސް ވަޑައިގަންނަވާނެއެވެ.

ރައީސް މުޙައްމަދު ނަޝީދު ވަނީ މިއަދު އިތުރު ދެ އަތޮޅަކަށް ފުރާވަޑައިގެންފައެވެ. ނަޝީދު ވަޑައިގަތީ ކ.އަތޮޅަށާއި ޅ.އަތޮޅަށެވެ.

Advertisement
Allied — Dhen Online (box)

ދެ ރައީސުންގެ ފޯރިގަދަ ކެމްޕެއިނަށްފަހުގައި، އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ އޮންނާނީ މިމަހުގެ 28ވަނަ ދުވަހުއެވެ. މިއީ އެމްޑީޕީން މިހައިތަނަށް ބާއްވާ އެންމެ ފޯރިގަދަ އެތެރޭގެ އިންތިޚާބަށް ވާނެއެވެ.

 

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް