Wednesday, 4 November 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

ދިއްދޫގައި އެއަރޕޯޓެއް ނޭޅޭނެ ސަބަބެއް ނެތް: ރައީސް ޞާލިޙް

ދިއްދޫގައި އެއަރޕޯޓެއް ނޭޅޭނެ ސަބަބެއް ނެތް: ރައީސް ޞާލިޙް

ހއ. ދިއްދޫގައި އެއަރޕޯޓެއް ނޭޅެންވީ ސަބަބެއް ނެތް ކަމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

އެމްޑީޕީ ރިޔާސީ ޕްރައިމަރީ ކެންޕެއިނަށް މިހާރު އުތުރުގެ ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ހދ. ދިއްދުއަށް ވަޑައިގެން ވާހަކަފުޅު ދައްކަވަމުން ރައީސް ޞާލިޙް ވިދާޅުވީ، ޕްރައިމަރީ ކާމިޔާބު ކުރުމަށްފަހު ރިޔާސީ އިންތިޚާބުގެ ކެންޕެއިނަށް އެ ރަށަށް ވަޑައިގަންނަވާނެ ކަމަށާއި އަދި ރައްޔިތުންގެ ޚިޔާލާ މަޝްވަރާގެ މަތިން މެނިފެސްޓޯ އެކުލަވާލާނެ ކަމަށެވެ.

ބިންބޮޑު ކުރަމުންދާއިރު، އެއަރޕޯޓެއްގެ ވާހަކަ އެއީ ނުދެއްކޭނެ ވާހަކައެއް ނޫން. ރިޔާސީ ކެންޕެއިންގެ މެނިފެސްޓޯގައި މިރަށުގައި އެއަރޕޯޓެއް ނާޅާންވީ ސަބަބެއް ނުފެނޭ" ރައީސް ޞާލިޙް ވިދާޅުވިއެވެ.

Advertisement
Allied — Dhen Online (box)

"މިރަށުގެ ތަރައްޤީގައި ތިބޭފުޅުން ބޭނުންވާ މަގުން އަޅުގަނޑުމެންދާނީ ކުރިޔަށް"

ރައީސް ޞާލިޙްގެ ވާހަކަފުޅުގައި ދިއްދޫގައި މިހާރު އަޅަމުންދާ ހައުސިން ޔުނިޓްތަކަށް ދިއްދޫ ރައްޔިތުން އެދޭ މިންވަރަށް އިތުރު ކޮށްދެއްވާނެކަމަށް ވިދާޅުވެފައެވެ. އަދި އައުޓް ޑޯ ޖިމަކާއި ތަރައްޤީގެ އިތުރު މަޝްރޫއުތައް ކުރިޔަށްދާނެ ކަމަށް ވިދާޅުވިއެވެ.

ރައީސް ޞާލިޙްގެ ވާހަކަފުޅުގައި އެމަނިކުފާނަކީ އެމްޑީޕީން ރިޔާސީ އިންތިޚާބު ކާމިޔާބު ކުރުމަށް އޮތް ހަމައެކަނި ޗޮއިސް ކަމަށް ވިދާޅުވާ ވާހަކަ ވަނީ ތަކުރާރު ކުރައްވާފައެވެ.

"ތިޔަ ބޭފުޅުން ވިސްނުންތެރިކަމާއެކު މި ޕްރައިމަރީގައި ވޯޓް ދެއްވާ، ވިސްނަންވީ މި ޕްރައިމަރީ ކާމިޔާބުކޮށް، ރިޔާސީ އިންތިޚާބު އެމްޑީޕީއަށް ކާމިޔާބު ކުރެވޭނެ ގޮތަކަށް ނިންމުން" ރައީސް ޞާލިޙް ވިދާޅުވީ ޕްރައިމަރީގައި ދެވޭ ވޯޓަކީ މުހިންމު ވޯޓަކަށް ވެގެންދާނެ ކަމަށެވެ. "އެނބުރި އަނިޔާވެރިކަމާއި ބިރުވެރިކަމުގެ ތެރެއަށް ދާނީތޯ، ނޫނީ އަނިޔާވެރިކަމުގެ ތެރެއަށް ދާނީތޯ، މިއީ އޮތް ސުވާލަކީ"

ރައީސް ޞާލިޙް ވިދާޅުވީ، މި ސަރުކާރުން ވަނީ އުމްރާނީ ތަރައްޤީގެ ރޮގުން، ވޭތުވެދިޔަ ސަރުކާރުތަކުން 10 އަހަރު ދުވަހުގެ ތެރޭގައި ނުކުރެވި ހުރި މަސައްކަތްތައް މި ހަތަރު އަހަރު ދުވަހުގެ ތެރޭގައި ކުރެވިގެން ގޮސްފައިވާ ކަމަށެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް