Friday, 30 October 2026
Advertisement
MWSC — SmartMeter (leaderboard)
ސިޔާސީ

ފްރޭމް ކުރެވުނުތާ 8 އަހަރު: ނާޒިމް ވިދާޅުވީ އިންސާފުނު ލިބޭ ކަމަށް

ފްރޭމް ކުރެވުނުތާ 8 އަހަރު: ނާޒިމް ވިދާޅުވީ އިންސާފުނު ލިބޭ ކަމަށް

ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި ޑިފެންސް މިނިސްޓަރުގެ މަގާމުގައި ހުންނަވަނިކޮށް އަމިއްލަ ކޮޓަރިކޮޅުގައި ފިސްތޯލެއް ގެންގުޅުއްވި ކަމުގެ ތުހުމަތުގައި ހައްޔަރުކޮށް ޖަލަށް ހުކުމް ކުރެއްވި ކާނަލް މުޙައްމަދު ނާޒިމް އެހަނދާންތައް އާކުރައްވައި، އޭނާއަށް އިންސާފު ނުލިބޭ ކަމަށް ވިދާޅުވެއްޖެއެވެ.

ނާޒިމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ނުޙައްޤުން 11 އަހަރުގެ ޖަލު ޙުކުމެއް ކުރުމުން، 3 އަހަރަށްވުރެ ގިނަދުވަސް ޖަލުގައި ހޭދަކޮށްފައިވާ ކަމަށެވެ.

"ސުޕްރީމްކޯޓުން ފުލުހުންގެ މައްޗަށް، މިމައްސަލަ ރިވިއުކުރަން އަމުރުކޮށްފައިވާއިރު، މިމައްސަލަ ނުބެލި އޮތުމަކީ އިންސާފު ޤާއިމުނުކުރެވުން" ނާޒިމް ވިދާޅުވިއެވެ.

Advertisement
HDC — Sidebar (box)

މިކަމާ ގުޅޭގޮތުން ނާޒިމް އިތުރަށް ވިދާޅުވީ އިންސާފު ޤާއިމު ކުރެވޭ ހަމަހަމަ މުޖުތަމައެއް ގާއިމު ކުރަން، ގައުމީ މަސައްކަތުގައި ދެގޮތެއްނުވެ ހުންނަވާނެކަމަށެވެ.

މި އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބުގައި ނާޒިމް އުފައްދަވައިފައިވާ ޕާޓީގެ ފަރާތުން ވާދަކުރައްވާ ރިޔާސީ ކެންޑިޑޭޓުގެ ޓިކެޓު ލިބިވަޑައިގަނެފައިވާ ނާޒިމް މިހާރު ގެންދަވަނީ ރިޔާސީ އިންތިޚާބުގެ ކެމްޕޭން ކުރައްވަމުންނެވެ.

މި އަހަރުގެ ސެޕްޓެމްބަރު މަހުގެ 9 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ ކެންޑިޑޭޓުންގެ މިހާރު ކެމްޕޭން ކުރައްވަމުންދާއިރު، ސަރުކާރު ހިންގާ މައި ޕާޓީގެ ރިޔާސީ ޕްރައިމަރީގެ މިމަހުގެ 28 ގައި ވަނީ ބޭއްވުމަށް ހަމަޖެހިފައިފައެވެ. އަދި މައި އިދިކޮޅު ޕާޓީގެ ރިޔާސީ ކެންޑިޑޭޓު މިހާރުވެސް ގެންދަވަނީ ޖަލު ޙުކުމެއް ތަންފީޒް ކުރައްވަމުންނެވެ.

 

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް