މި ދައުރުގައި ފަށާފައިވާ މަޝްރޫޢުތަކުގެ 90 ޕަސެންޓަށްވުރެ ބޮޑުބައި ނިންމާނަން: ރައީސް ޞާލިޙް

މި ވެރިކަމުގައި ފަށާފައިވާ މަޝްރޫޢުތަކުގެ 90 ޕަސެންޓަށްވުރެ ބޮޑުބައި ނިންމާނެ ކަމަށް ރައީސުލްޖުމްހުރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
އެމްޑީޕީ ރިޔާސީ ޕްރައިމަރީ ކެންޕެއިނަށް މިހާރު އުތުރުގެ ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ހދ. ކުރިނބީއަށް ވަޑައިގެން ވާހަކަފުޅު ދައްކަވަމުން ރައީސް ޞާލިޙް ވިދާޅުވީ، މިހާރި ފަށާފައިވާ މަޝްރޫއުތަކުގެ 90 ޕަސެންޓަށް ވުރެ ބޮޑުބައި ނިމި ހިދުމަތް ލިބޭ ވަރު ވާތަން ފެންނަމުންދާ ކަމަށެވެ.
އަޅުގަނޑުމެން ފަށާފައި ހުރި މަޝްރޫއުތަކުގެ 90 ޕަސެންޓަށް ވުރެ ބޮޑުބައި ރިޔާސީ އިންތިހާބުގެ ކެމްޕެއިނުގެ ތެރޭގައި ނިމި ހިދުމަތް ލިބޭ ވަރު ވާތަން އެބަ ފެނޭ" ރައީސް ޞާލިހް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ކުޑަ ރަށެއް، ބޮޑު ރަށެއް ބާކީ ނުކޮށް އެފަދަ ހިދުމަތްތައް ރައްޔިތުންނަށް ފޯރުކޮށްދޭން ޖެހޭ ކަމަށާއި ވަކި ރައްޔިތަކު ބާކީ ނުކޮށް އެފަދަ ހިދުމަތް ދިނުމަކީ އެމްޑީޕީގެ ތަސައްވަރެއް ކަމަށެވެ.
އަދި މި އަހަރު ނިމުމުގެ ކުރިން ރާއްޖޭގެ ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާގެ ހިދުމަތް ގާއިމް ކުރައްވާނެކަމަށާއި ބޮޑެތި ރަށްރަށުގައި ތަރައްޤީގެ ގިނަ މަސައްކަތްތަކެއް މިހާރު ނިންމާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.