ޚަބަރު

އިންޑިއާއެކު އެހީފޯރުކޮށްދިނުމުގެ ތިން އެއްބަސްވުމެއްގައި ރާއްޖެއިން ސޮއިކޮށްފި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

އިންޑިއާއިން ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދިނުމާ ގުޅޭ 3 އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

Ads by MWSC

އިންޑިޔާއާއި ރާއްޖެއާ ދެމެދު ސޮއިކުރި މިއެއްބަސްވުންތައް ބަދަލުކޮށްފައިވަނީ އިންޑިއާގެ މިނިސްޓަރ އޮފް އެކްސްޓަރނަލް އެފެއާޒް ޑރ. ޖައިޝަންކަރު މިހާރު ރާއްޖެއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު ނ.މަނަދޫގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.

މި އެއްބަސްވުންތަކުގެ ތެރޭގައި ހިމެނެނީ އިންޑިއާގެ ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓް ސްކީމަށް 100 މިލިއަން ރުފިޔާ އިތުރުކުރުމުގެ ގޮތުން ސޮއިކުރެއްވި އެއްބަސްވުމަކާއި، ގދ.ގައްދޫގައި ސްޕޯޓްސް ކޮމްޕްލެކްސްއެއް ތަރައްގީކުރުމުގެ އެއްބަސްވުމަކާއި، ޤައުމީ ޔުނިވާރސިޓީއަށް ބޭނުންވާ ފަންނީ ތަޖްރިބާ ހޯދައިދިނުމުގެ އެއްބަސްވުމެކެވެ. މި އެއްބަސްވުންތަކުގެ ބަދަލުކުރުމުގެ އިތުރުން މިރަސްމިއްޔާތުގައި އިންޑިއާއިން ވަނީ ރާޢްޖެއަށް 2 ސީ އެމްބިއުލާންސް ހަދިޔާކޮށްފައެވެ.

ދެ ދުވަހުގެ ދަތުރުފުޅެއްގައި ޖައިޝަންކަރު ރާއްޖެ ވަޑައިގެންނެވީ މިއަދު އެވެ. މި ދަތުރުފުޅުގައި އިންޑިއާ ސަރުކާރުގެ އެހީގެ ދަށުން ހިންގުމަށް ހަމަޖެހިފައިވާ ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީ ކުރުމުގެ ޢަމަލީ މަސައްކަތް ފެށުމުގެ ރަސްމިއްޔާތުގައި ބައިވެވަޑައިގެންނެވުމާއި، ށ. ފޯކައިދޫގައި ޤާއިމުކޮށްފައިވާ ކޮމިއުނިޓީ ސެންޓަރ އިފްތިތާޙް ކުރެއްވުމަށް ވަނީ ހަމަޖެހިފައި އެވެ.

ޖައިޝަންކަރު ރާއްޖެއަށް މި ކުރައްވާ ދަތުރުފުޅަކީ އޭނާ 2019 ވަނަ އަހަރު މޭ މަހު މަޤާމާ ހަވާލުވިފަހުން ރާއްޖެއަށް ކުރައްވާ ހަތަރުވަނަ ދަތުރުފުޅެވެ. އެންމެ ފަހުން ޖައިޝަންކަރު ރާއްޖެއަށް ރަސްމީ ދަތުރުފުޅެއް ކުރެއްވީ މިދިޔަ އަހަރުގެ މާރިޗް މަހު އައްޑޫ ސިޓީއަށެވެ.

Ads by Allied Insurance
  1. ވެސްޓް އިންޑިޔާ ކުންފުނިން ދޭ ހަދިޔާ އެމްޑީޕީއަށް !