Friday, 30 October 2026
Advertisement
Ooredoo — Article-Top (leaderboard)
ސިޔާސީ

ރައީސްގެ ވައުދުތައް ރަނުން ރަނަށް ފުއްދަވައިދެއްވާނެ ކަމުގެ ފުރިހަމަ ޔަޤީންކަން އެބައޮތް: ރާއީ

ރައީސްގެ ވައުދުތައް ރަނުން ރަނަށް ފުއްދަވައިދެއްވާނެ ކަމުގެ ފުރިހަމަ ޔަޤީންކަން އެބައޮތް: ރާއީ

ރައީސް ޞާލިޙް ވެވަޑައިގެންފައިވާ ވައުދުތައް ރަނުން ރަނަށް ފުއްދަވައިދެއްވާނެ ކަމުގެ ފުރިހަމަ ޔަޤީންކަން އެބައޮތްކަމަށް މަކުނުދޫ ދާއިރާގެ މެންބަރު މުހައްމަދު ރާއީ ވިދާޅުވެއްޖެއެވެ.

އެމްޑީޕީ ރިޔާސީ ޕްރައިމަރީ ކެންޕެއިނަށް މިހާރު އުތުރުގެ ރަށްތަކަށް ރައީސް ޞާލިޙްއާއެކު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ހދ. ކުމުންދޫއަށް ވަޑައިގެން ވާހަކަފުޅު ދައްކަވަމުން ރާއީ ވިދާޅުވީ އެމްޑީޕީ ޕްރައިމަރީ ބޮޑުތަނުން ރައީސް ޞާލިޙް ކާމިޔާބު ކުރައްވާނެ ކަމުގެ އުއްމީދު އެބައޮތްކަމަށެވެ.

“މި ފަސް އަހަރުތެރޭ އަޅުގަނޑަށް ކުޑަ ޒައްރެއްގެ މިންވަރުވެސް ނެތް ރައީސް ޞާލިޙް ރާއްޖޭގެ ރަށްތަކަށް ވެފައިވާ ވަޢުދުތައް ރަނުން ރަނަށް ފުއްދަވާނެކަން. އެ ޔަގީންކަން އަޅުގަނޑު މިދެނީ” ރާއީ ވިދާޅުވިއެވެ.

Advertisement
Allied — Dhen Online (box)

މީގެ އިތުރުން ޕްރައިމަރީގައި ރައީސްއާ ވާދަކުރައްވާ ކެންޑިޑޭޓް، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ކެމްޕެއިން ޖަލްސާތަކުގައި ރަށްރަށުގެ ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ނުގޮސް "އަންނަނީ"ގައި ހުންނަ ކަމަށް ވިދާޅުވެ ރައީސް ޞާލިޙަށް ފާޑު ވިދާޅުވަމުންދިޔުމާ ގުޅިގެން ރާއީ ވިދާޅުވީ އަންނަނީ ގައި ހުރި ކަންކަމަށްވުރެ ބޮޑަށް ގިނައީ "އައިސްފައި" ހުރި އަދި ކޮށްދީފައިވާ ކަންކަން ކަމަށެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް