Friday, 30 October 2026
Advertisement
HDC — Share-Below (leaderboard)
ސިޔާސީ

ވޯޓު ކައިރިކޮށްފައި ގޯތި ދޭނެ ކަމަށް ބުނުމަކީ ރިޝްވަތު ދިނުން: ރައީސް ނަޝީދު

ވޯޓު ކައިރިކޮށްފައި ގޯތި ދޭނެ ކަމަށް ބުނުމަކީ ރިޝްވަތު ދިނުން: ރައީސް ނަޝީދު

ވޯޓު ކައިރިކޮށްފައި ގޯތި ދޭނެ ކަމަށް ބުނުމަކީ ރިޝްވަތު ދިނުން ކަމަށް އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ޕްރައިމަރީ ކެމްޕޭނަށް ހުޅުމާލޭ ޖަގަހަ ހުޅުވުމަށް މިހާރު ކުރިޔަށްދާ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ނަޝީދު ވިދާޅުވީ އެމްޑީޕީ އަކީ ސިޔާސަތުތަކަކާ އެކު އިންތިހާބުތަކާ ކުރިމަތިލާ ޕާޓީއެއް ކަމަށެވެ.

އަދި ސިޔާސަތުތައް ތަންފީޒު ނުކުރުމުން ދިމާވި އެންމެ ބޮޑު ދައްޗަކީ ޓެކްސް ބޮޑު ކުރުން ކަމަށާއި އެކަން ކުރީ ދަރަނީ އަނބުރާ ދެއްކުމަށް ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. އަދި އެމްޑީޕީއާ ގިނަ މީހުން ދުރައް ދަނީ ސިޔާސަތުތަކަށް އަމަލު ނުކުރުމުން ކަމަށް ނަޝީދު ވިދާޅުވިއެވެ.

Advertisement
Allied — Dhen Online (box)

“އިރާދަކުރެއްވިއްޔާ އެމްޑީޕީގައި ދެން އުފެދޭ ސަރުކާރެއްގައި ޓެކްސް ކުޑަ ކުރާނެ. ޖީއެސްޓީ ކުޑަ ކުރާނެ” ރައީސް ނަޝީދު ވިދާޅުވިއެވެ.

<img class="alignnone wp-image-173911 size-full" src="https://cdn.dhen.mv/wp-content/uploads/2023/01/5EB6594F-A760-4D0A-94F5-9E79F808D441.jpeg" alt="" width="1170" height="788" />

ނަޝީދު ވިދާޅުވީ މިހާރުގެ ސަރުކާރުގެ ބޭފުޅުން ނިކުމެ، ގޯތި ލިބޭނީ ވަކި ގޮތަކަށް އަމަލު ކުރުމުން ކަމަށް ބުނުމަކީ ހަގީގީ ވާހަކައެއް ނޫން ކަމަށެވެ. އަދި އެއީ ހުވަފެންތަކަށް ދައްކާ ވާހަކައެއް ކަމަށް ވޯޓު ކައިރިވުމުން ގޯތި ދޭނަމޭ ބުނުމަކީ ރިޝްވަތު ދިނުން ކަމަށް ނަޝީދު ވިދާޅުވިއެވެ.

“ވޯޓަށް ވީމާ މިއަދު މާލޭ ރައްޔިތުން ކައިރީގައި ގޯތި ދޭނަމޭ ބުނުމަކީ ހަގީގަތުގައި ރިޝްވަތު ދޭނަމޭ ބުނާ ކަހަލަ ބުނުމެއް. އެއީ ގާނޫނާ ވެސް ހިލާފު ކަމެއް” ރައީސް ނަޝީދު ވިދާޅުވިއެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް