ސިޔާސީ

ރައީސްގެ ކެމްޕެއިން: މާދަމާ ރޭ، މާލެ ޖަލްސާ

ފަތޯނާ ފާއިޒު ، ދެން އޮންލައިން

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ކެމްޕެއިން ޓީމުން، މާލޭގައި ބޮޑު ޖަލްސާއެއް ބޭއްވުމަށް ތައްޔާރުވެއްޖެއެވެ.

Ads by Sosun Fihaara

މި ޖަލްސާ އޮންނާނީ މާދަމާ ރޭ 8:30ގައި އާޓިފިޝަލް ބީޗު ސަރަހައްދުގައެވެ. މިއީ މި މަހުގެ 28 ވަނަ ދުވަހު ބާއްވާ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕެއިނަށް ރައީސް ޞާލިޙުގެ ޝިޢާރު ކަމުގައިވާ "އެމްޑީޕީ ކުރިއަށް"ގެ ދަށުން ބާއްވާ ޖަލްސާއެކެވެ.

ރައީސް ޞާލިޙުގެ ފެކްޝަނުގައި ހިމެނިވަޑައިގަންނަވާ މެމްބަރު ރޮޒައިނާ ކުރެއްވި ޓްވީޓެއްގައި އެމްޑީޕީގެ ވީހައިވެސް ގިނަ މެމްބަރުން މި ޖަލްސާގައި ބައިވެރިވާން އެދިވަޑައިގެންނެވިއެވެ.

"ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙާއެކު ޤައުމު ބަދަލު ކުރަން ނުކުންނަވާ." އޭނާ ކުރެއްވި ޓްވީޓުގައިވެއެވެ.

ރޮޒައިނާ އިތުރަށް ވިދާޅުވީ އެމްޑީޕީއަށް ރިޔާސީ އިންތިޚާބު ކާމިޔާބު ކޮށްދެވޭނީ ރައީސް ޞާލިޙަށް ކަމަށެވެ.

"އެމްޑީޕީ ކުރިއަށް" ކެމްޕެއިނުގައި ރައީސް ޞާލިޙު މިއަދު ވަނީ ށ.އަތޮޅަށް ވަޑައިގެންފައެވެ. އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ރައީސް ޞާލިޙާ ވާދަކުރައްވަނީ، އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!